ދިރިއުޅުމުގެ އަގު މިއަހަރު އެންމެ އަގު ބޮޑު ދެ ސިޓީއަކީ އެމެރިކާގެ ނިއުޔޯކު އަދި ސިންގަޕޯރ ކަމަށް ދަ އިކޮނޮމިސްޓް ގެ އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ބުނެފިއެވެ.
އެ ޔުނިޓުން ހެދި ދިރާސާތަކުން ދައްކާގޮތުގައި މިއަހަރު ދިރިއުޅުމުގެ އަގު އެންމެ ބޮޑީ ނިއުޔޯކް އަދި ސިންގަޕޯރގައެވެ. އަދި ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ދިރިއުޅުމުގެ އަގު އުފުލެމުން އަންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޔޫކްރެއިން ހަނގުރާމައާއި ކޮވިޑު-19 ގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ތަދުމަޑުކަމެވެ.
ދިރިއުޅުމުގެ އަގު ތިންވަނައަށް އެންމެ ބޮޑީ ފަލަސްތީނުގެ ބިމަށް ވެރިވެގެން އުޅޭ އިޒްރޭލުގެ ސިޓީއެއް ކަމަށްވާ ތެލްއަވީވްގައެވެ.
މި ދިރާސާއިން ދައްކާގޮތުގައި ދުނިޔޭގެ 172 ސިޓީއެއްގައި ދިރިއުޅުމުގެ އަގު މިއަހަރުތެރޭ ވަނީ އުފުލިފައެވެ.
މިއަހަރު ދިރިއުޅުމުގެ އަގުތައް ވަރަށް ގިނަ ސިޓީތަކުގައި އުފުލިފައިވާއިރު އަންނަ އަހަރަކީ 2009 ވަނަ އަހަރާއި އެއްވަރަކަށް ދުނިޔެއަށް އިޤްތިސާދީ ތަދުމަޑުކަން ކުރިމަތިވާނެ އަހަރެއް ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދަނީ ބުނަމުންނެވެ.