Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އެއް ޖިންސުން ގުޅުންހިންގި ރަފީއުގެ އަދަބު ލުއިކުރަން އިސްތިއުނާފު ކޮށްފި

ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގުމުގެ ކުށް ސާބިތުވި ފުލުހެއް ކަމުގައިވާ އަބްދައްރަހުމާން ރަފީއުއަށް ކަނޑައެޅި އަދަބު ކުޑަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކޮށްފި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކުރީ ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށް ލުމަށެވެ. އެކަމަކު ހުކުމް ކުރުމުގެ ކުރިން ރަފީއު ވަނީ ކުށަށް އިއުތިރާފުވެ މާފަށް އެދި ބަޔާނެއް ނެރެފަ އެވެ.

އެހެންވެ، އެ މައްސަލައިގައި އިއުތިރާފުވުމުން ދައުލަތުން އެދުނީ ރަފީއުގެ މައްޗަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްކޮށް އަދަބު ކަނޑައެޅުމަށެވެ.

އެކަމަކު ފަނޑިޔާރަށް ލިބޭ އިހްތިޔާރުގެ ދަށުން ރަފީއުގެ މައްޗަށް ހުކުމް ކުރީ އަދަބުގެ ދެ ގުނަ މަތި ކުރުމަށްފަހު އެވެ. ޕީޖީން މައްސަލަ އިސްތިއުނާފުކުރަން ނިންމީ އެހެންވެ އެވެ.

އެގޮތުން އޭނާގެ އަދަބު ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

އެއް އަހަރު ދުވަހުގެ ޖަލު ހުކުމް ބޮޑުވެގެން އެއް ޖިންސުން ގުޅުންހިންގި މީހުންގެ އަދަބު ލުއިކުރަން ޕީޖީން މަސައްކަތް ކުރާއިރު، އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ އެންމެންގެ މައްޗަށް ދައުލަތުން ދައުވާ ކުރީވެސް ލުއި އަދަބު ލިބޭ ގޮތަށެވެ.

އެމީހުންގެ މައްޗަށް ގާނޫނުލްއުގުބާތުގެ ދަށުން ދައުލަތުން ދައުވާ ކުރާއިރު، ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ.
މި ލިއުމާއި ގުޅޭ