Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީކާއީލް ނަސީމް

ވިޕަށް އަމަލުކުރުމާމެދު މީކާއިލުގެ ވިސްނުންފުޅު ބަދަލުވެއްޖެ

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އަމަލުކުރާ ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ޕާޓީގެ ވިޕްލައިނާ ޚިލާފަށް ބައެއް ކަންކަމުގައި އަމަލުކުރައްވާނެކަމަށް ކުރިން ވިދާޅުވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލު ނަސީމު އެކަމުގައި މުޅިން ތަފާތު ގޮތަކަށް ވާހަކަދައްކަވަން ފައްޓަވައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި އަމަލުކުރާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގެން ބައެއް މެންބަރުންވަނީ ބައެއް މައްސަލަތަކުގައި ވިޕާ ޚިލާފަށް އަމަލުކުރައްވާނެކަން ޕާލިމަންޓަރީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕުގައި އިއުލާނުކުރައްވާފައެވެ.

އެގޮތުން ވަކިވަކިން ކޮންމެ މެންބަރަކުވެސް އެ ބޭފުޅެއްގެ ނަންފުޅު އިތުރުކުރެއްވުމަށްފަހު އެއިރު ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުންނުވާ މެންބަރުން ޕާޓީން އާންމު މެންބަރުން ވަކިނުކުރާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެ ގުރޫޕަށް 18 ވަނައަށް މި މެސެޖު ފޮނުއްވައި، ވިޕްލައިނާ ޚިލާފަށް އަމަލުކުރައްވާނެކަމަށް ވިދާޅުވި މެންބަރުންގެ ލިސްޓުގައި ނަންނޯޓުކުރެއްވި މެންބަރަކީ މީކާއީލެވެ. މި މެންބަރުންނަކީ އެއިރު އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައިގެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނެވެ.

މީކާއީލުގެ ރާގު ބަދަލުވެ ސަރުކާރު ދިފާއުކުރައްވަން ފެއްޓެވުމުން ބައެއް ފަރާތްތަކުން ފާޑުކިޔުމުން އެ ފަރާތްތަކަށް މީކާއީލުވަނީ ރައްދުދެއްވާފައެވެ. އެއިން ބައެއް ބޭފުޅުން ސުވާލުކުރައްވާފައިވަނީ މީކާއީލުގެ ބަސްމަގު ބަދަލުވީ އާއިލާ ބޭފުޅަކަށް ވަޒީފާއެއް ލިބުމުންތޯއެވެ.

އެކަމާ ގުޅިގެން ރައްދުގައި މީކާއީލް ވިދާޅުވެފައިވަނީ އެ ތުހުމަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ. މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އޭނާ އެދިވަޑައިގެން ހޯދި ސިޔާސީ އަދި އެ ނޫންވެސް ވަޒީފާއެއް ނޯންނާނެކަމަށް ވިދާޅުވަނީ ވަރަށް ކެރިހުރެގެންކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް މިފަދައިން ވިދާޅުވެފައިވާއިރު މީކާއީލުގެ ވިސްނުންފުޅު ބަދަލުކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާގެ އަނބިކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީފާއެއް ލިބިވަޑައިގެންފައިވެއެވެ.

މީކާއީލު އިތުރަށް ވިދާޅުވީ ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް އޭނާ ޤަބޫލުކުރައްވާ އުސޫލުކަމަށެވެ. ނަމަވެސް މީކާއީލު ޕާޓީގެ ވަޓްސްއަޕް ގުރޫޕަކަށް ކުރެއްވި މެސެޖުގައި ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގައި މަޝްވަރާނުކޮށް ނިންމާ ވިޕްތަކަށް އަމަލުނުކުރެއްވުމަކީ އެއިރު އޭނާ ގެންގުޅުއްވި ވިސްނުންކަން ސާފުކޮށް އެނގެއެވެ.

މި ލިއުމާއި ގުޅޭ