Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ޗައިނާއާއެކު އޮތް ގުޅުން ދެމެހެއްޓުމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް: ޑރ. ވަހީދު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަކީ ރާއްޖޭގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ޗައިނާ-އިންޑިއާ އޯޝަން ފޯރަމް އޮން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި މި މަހުގެ 21 އިން 22 އަށް ޗައިނާގައި ބޭއްވި ފޯރަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ދައުވަތު ދިން ނަމަވެސް ދިވެހި ސަރުކާރުން އެ ފޯރަމުގައި ބައިވެރިވެފައެއް ނުވެ އެވެ.
އަމިއްލަފުޅު ހައިސިއްޔަތުން އެ ފޯރަމްގައި ކުރީގެ ރައީސް ޑރ. ވަހީދު ބައިވެރިވެވަޑައިގެން، ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި އެމަނިކުފާނު ދެއްވި ތަގުރީރުގައި، ޗައިނާ ސަރުކާރުގެ މުހިންމު އިސްނެންގެވުންތަކަށް ތަހުނިޔާ ވިދާޅުވި އެވެ.
ފޯރަމުގައި ދިވެހި ސަރުކާރުން ބައިވެރިނުވުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ޑރ. ވަހީދުގެ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޑރ. ވަހީދު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ މަސްލަހަތައް ވަކާލާތުކޮށް، ދިވެހި ގައުމާއި ރައްޔިތުން ދިފާއުކުރެއްވުމަށް ކަމަށެވެ.
"ޗައިނާ ހިމެނޭގޮތުން ބައިނަލްއަގުވާމީ ހުރިހާ ގައުމުތަކާ އެކުވެސް ގާތް ގުޅުމެއް ދެމެހެއްޓުމަކީ ރާއްޖެއަށާއި ރާއްޖޭގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތެވެ،" ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ރާއްޖެއިން ބަލައިގަނެ، އެކަންކަމަށް ދިވެހި ރައްޔިތުން ޝުކުރުވެރިވާކަން ފާހަގަކުރި އެވެ.
ޗައިނާ އިން އިސް ނަގައިގެން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބޭއްވި ފޯރަމަށް ދިން ދައުވަތު ރާއްޖެއިން ގަބޫލު ނުކުރުމުން ޗައިނާ އެމްބަސީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ސަރުކާރުން އެ ފޯރަމްގައި ބައިވެރިނުވީ އިންޑިއާގެ ހުއްދަ ނެތުމުގެ ސަބަބުންނެވެ.
މި ލިއުމާއި ގުޅޭ