ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހައްދަވާނެކަމަށް ރައްޔިތުން މަޖިލިހުގެ ފޭދޫ ދާއިރާ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވެފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ކޯޅު ވަރަށް ބޮޑުވެ އެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ ދަނޑިވަޅެއްގައެވެ. މެންބަރު ނިހާދަކީ ރައީސް ޞާލިހްގެ ފެކްޝަނުގެ ބޭފުޅެކެވެ.
"އަދިވެސް ބުނާނަން، ޗިސް ޗިސް ކޮށްލިޔަސް ފިސް ފިސް ކޮށްލިޔަސް ނެތޭކަށް ވެވޭކަށް ބާޣީއަކަށް" ނިހާދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ މިއަދާ ހަމައަށްވެސް އައިސްފައި އެވަނީ އަނިޔާއަށް ފަހަތަށް ނުޖެހިކަމަށާއި މާތް ﷲގެ އިރާދަފުޅާއެކު ރައްޔިތުންގެ ހައްގުގައި ފަހަތަށް ނުޖެހި ކުރިއަށް ދާނެކަމަށެވެ.
އަދި ރައީސް ޞާލިހްގެ ހެޔިވެރިކަން ދަމަހައްޓަން މޭ އައްޑަނައަކަށް ދިއްކުރާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ވެހިފައިވާއިރު އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން އަންނަނީ ސަރުކާރަށާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ފާޑު ވިދާޅުވަމުންނެވެ.