Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤަތަރު

ޤަޠަރު މީހުންގެ ހެދުމަށް މަލާމާތްކުރުމުން ވޯލްޑް ކަޕްގެ ކޮމެންޓޭޓަރަކަށް ފާޑުކިޔުން އަމާޒުވެއްޖެ

ޤަޠަރު މީހުންގެ ހެދުމަށް މަލާމާތް ރައްދުވާ ގޮތަށް ޖަރުމަންވިލާތުގެ ފުޓުބޯޅަ ކޮމެންޓޭޓަރަކު ދެއްކި ވާހަކައާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ޖަރުމަންވިލާތާއި ސްޕެއިން އާދީއްތަދުވަހު ކުޅުނު މެޗުގައި ޖަރުމަން ޓީވީ ޗެނަލެއް ކަމުގައިވާ ޒެޑްޑީއެފްގައި ކޮމެންޓޭޓަރެއްގެ ގޮތުގައި އިން އެ ޤައުމުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ފޯވާޑު ސެންޑްރޯ ވެގްނާއަށް ފާޑުކިޔުން އަމާޒުވީ ޚަލީޖުގެ ފިރިހެނުން އާންމުކޮށް ލާ ހެދުމަށް މަލާމާތްކުރުމުންނެވެ.

މެޗުގެ 79 ވަނަ މިނިޓުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ މެޗު ކުޅެމުންދިޔަ އަލްބައިތު ސްޓޭޑިއަމުގެ އެންމެ ފަހަތުގައި ތިބީ ޖަރުމަނަށް ތާއީދުކުރާ އެ ޤައުމުގެ ސަޕޯޓަރުންކަމަށް ކަމުގައެވެ. ނަމަވެސް ފަހުން ވިސްނުނީ ފެންވަރައިގެން ލާ ބާތު ރޯބުތަކުގައި އެތަނުގައި ތިބީ ޤަޠަރު މީހުންކަމަށް ކަމަށެވެ.

ވެގްނާގެ ވާހަކައިގައި ފެންވެރުމަށްފަހު ލާ ބާތު ރޯބުގެ ގޮތުގައި ސިފަކުރީ ޤަޠަރާއި ޢަރަބި ޚަލީޖުގެ ޤައުމުތަކުގެ މީހުން ލައިއުޅޭ ލިބާޘްއެވެ. އެއީ އަތް ދިގު މުޅިގައި ނިވާވާ ދިގު ހެދުމެކެވެ.

ވެގްނާގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު މީސްމީޑިއާގައި ނުރުހުން ފާޅުކުރަން ފެށިއެވެ. އެއާއެކު ޒެޑްޑީއެފް ޗެނަލުންވަނީ އެކަމުގައި ބައެއް ފަރާތްތަކަށް ޖަވާބުދާރީވެފައެވެ.

އެގޮތުން އެ ޗެނަލުން ބުނެފައިވަނީ މެޗުގެ އާތިފީ (އިމޯޝަނަލް) ވަގުތެއްގައި ވެގްނާ ދެއްކި ވާހަކައަކީ ދެރަ ހާދިސާއެއް ކަަމށެވެ. އަދި އެފަދަ ވާހަކައެއް ދެއްކުމުގެ ހުއްދައެއް ވެގްނާއަށް ނޯންނާނެ ކަމަށާއި، އެކަމާ ބެހޭ ގޮތުން އޭނާއާ ވާހަކަދައްކާނެ ކަމަށެވެ.

ޖަރުމަން ޓީމަށް އަށް މެޗުކުޅެފައިވާ ވެގްނާއަކީ ކުރިން ބަޔާން މިއުނިކަށްވެސް ކުޅުނު ކުޅުންތެރިއެކެވެ.

ސްޕެއިނާއި ޖަރުމަން ބައްދަލުކުރި މެޗުގައި ޤަޠަރުގެ ސަޕޯޓަރުންވަނީ ޖަރުމަން ޓީމުގެ ކުރީގެ ތަރި މަސްއޫދު އޮޒިލްގެ ފޮޓޯތަކާއެކު އިހުތިޖާޖުކޮށް ޖަރުމަނުގެ މުނާފިޤުކަން އެ ޓީމަށް ހަނދާންކޮށްދީފައެވެ. އަދި ޖަރުމަނުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކަށް ދުނިޔޭގެ ސަމާލުކަން ހޯދައިދީފައެވެ.

މި ލިއުމާއި ގުޅޭ