Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބޮޑު ބަޖެޓު ފާސްކޮށްފި

2023 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓް ފާސްކޮށްފިއެވެ.

ބަޖެޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރެއްގެގެ ވޯޓާއި އެކުގައެވެ. އެއީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޖުމުލަ މެންބަރުންގެ 78.21 އިންސައްތައެވެ. ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 8 މެންބަރެކެވެ. ބަޖެޓު ފާސްކުރަން ބޭނުންވަނީ 35 ވޯޓެވެ. އެހެންކަމުން ބަޖެޓު ވަނީ ފާސްވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެ ބޮޑު ބަޖެޓު ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ގޮތުން 1 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސްތައް ބޮޑުކުރަން ސަރުކާރުންވަނީ ނިންމައި ޤާނޫނު މަޖިލީހުން އިސްލާހުކޮށް ތަސްދީގުކޮށްފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީވެސް 8.2 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓަކަށްވާއިރު އެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ހިލޭއެހީއާއި އާމްދަނީ ނުލިބިއްޖެނަމަ އަންނަ އަހަރުވެސް ޑެފިސިޓު އެތައް ބިލިއަން ރުފިޔާއިން އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ.
މި ބަޖެޓަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުން ވަރަށް ބޮޑަށް ތާރީފުކުރައްވާއިރު، އިދިކޮޅު މެންބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންވަނީ މި ބަޖެޓަކީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުކުރާ ބަޖެޓެއްކަން ފާހަގަކުރައްވައި ކަންބޮޑުވެވަޑައިގަންނަވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ