Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ޖިނާއީ ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުމަކީ ކުށެއް، އެކަމަށް ވަކިން ދައުވާ ކުރާނީ

ޖިނާއީ ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުމަކީ ކުށެއްކަމަށާއި އެކަމަށް ވަކިން ދައުވާ ކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ލިޔުންވި ލިޔުއްވުމެއްގައި ވިދާޅުވެފައިވާގޮތުގައި މިދިޔަ ޖޫން މަހު އައްޑޫ ފޭދޫގައި ވަޅިން ހަމަލާދީ މުހައްމަދު ޒިޔާން މަރާލި މައްސަލާގައި އިއްޔެ ހަތް މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވާއިރު ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާއެއްވެސް ކޮށްފައިވެއެވެ.

އޭނާ ވިދާޅުވިގޮތުގައި ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާ ލިބުނު ހަ މީހުންނަށް ޖުމުލަ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތް އިރު ދެން ހުރި މީހާގެ މައްޗަށް ވެސް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް، ވަކިވަކިން ހުށަހަޅާނެއެވެ.

ޝަމީމް ވިދާޅުވީ މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅި މައްސަލަކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ އަދި ފެށުންކަމަށާއި ކުށްކުރާ ޖަމާއަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެ ކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެއްކަމަށެވެ. އެގޮތުން އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެކަމަށާއި ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި، ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ދަށުން، ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓް ކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު އެ ކުށުގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި އެ ކުށް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ނަމަ އަދަބަކީ ފަސް އަހަރު ދުވަހަށް ޖަލަށް ލުންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ