Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ހިލްޓަން މައްސަލާގައި އާބިޓްރޭޝަންގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނެ: ސިވިލް ކޯޓް

ހިލްޓަން އިންޓަނޭޝަނަލް އަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައި އެންގުން ރާއްޖޭގައި ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން ހިންގާ އިރުފުށި ރިސޯޓްގެ މެނޭޖްމަންޓް އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އެންގި އެވެ.
އެކަމަކު އެ ނިންމުމާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ދައްކާފައި ނުވާތީ އެ ނިންމުން ތަންފީޒުކުރަން ހިލްޓަނުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅުމުން ސަން ކުންފުނިން އިޖްރާއީ ނުކުތާތަކެއް ނެގީ އެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެއީ ހިލްޓަނުން ސަން ކުންފުނިން ލައްވައި އެއްބަސްވުމުގައި ސޮއިކުރުވީ މަކަރާއި ހީލަތުން ކަމަށާއި އެހެންވެ، އާބިޓްރޭޝަންގެ އެ ނިންމުން ރާއްޖޭގައި ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެ އެވެ.
އެކަމަކު ސިވިލް ކޯޓުން މިދިޔަ ހަފްތާގައި އެ މައްސަލައިގައި ނިންމީ މަކަރާއި ހީލަތުން އެއްބަސްވުމުގައި ސޮއިކުރުވި ކަމަށް ބުނާ ނުކުތާއަކީ އާބިޓްރޭޝަނުން ގޮތް ނިންމާފައިވާ ކަމެއް ކަމަށެވެ. އަދި ދަ ނިއުޔޯކް އެ ކޮންވެންޝަންގެ ދަށުން ބޭރުގެ އާބިޓްރޭޝަންތަކުން ނިންމާ ނިންމުންތައް ވެސް ކޯޓުތަކުން ތަންފީޒުކޮށްދޭން ޖެހޭއިރު، ރާއްޖެއަކީ އެ މުއާހަދާގެ ބައިވެރިއެއް ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމި އެވެ.
މި ލިއުމާއި ގުޅޭ