Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެލަރޫސް

ބެލަރޫސްގެ ފޮރިން މިނިސްޓަރު ކުއްލިގޮތަކަށް މަރުވެއްޖެ

ބެލަރުސްގެ ފޮރިން މިނިސްޓަރު ވްލަޑިމިރް މަކޭ ކުއްލިގޮތަކަށް މަރުވެއްޖެއެވެ.

އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނެފައިވާ ގޮތުގައި މަކޭ މަރުވެފައިވަނީ ކުއްލި ގޮތަކަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ. 2012 ވަނަ އަހަރުން ފެށިގެން ބެލަރޫސްގެ ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވީ މަކޭ އެވެ.

އުމުރުން 64 އަހަރުގެ މަކޭ ވަނީ މިދިޔަ ހަފްތާގައި އަރްމޭނިއާގެ ޔެރެވަންގައި އޮތް ކަލެކްޓިވް ސެކިއުރިޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ)ގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެފައެވެ. އަދި މާދަމާ ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގެއި ލަވަރޮވް އާއި ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

މަކޭ އަކީ ކުރިން އެ ޤައުމާއި ހުޅަނގުގެ ޤައުމުތަކާއި ގުޅުން ރަނގަޅުކުރަން ޖެހޭނެ ކަމުގެ ވިސްނުން ގެންގުޅުއްވި ބޭފުޅެކެވެ. އެހެން ނަމަވެސް 2020 ވަނަ އަހަރު ބެލަރޫސްގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު އޭނާ ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ. އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނީ ހުޅަނގުގެ ޤައުމުތަކުގެ ސަބަބުން ކަމަށް އޭނާ ބުނެފައިވެއެވެ.

މަކޭ މަރުވުމުން ބެލަރޫސްގެ އިދިކޮޅު ލީޑަރު ސްވިއަޓްލަނަ ޝިކަނައުސްކަޔާ ވަނީ މަކޭ އަކީ ޤައުމުގެ ރައްޔިތުންނަށް ޙިޔާނާތްތެރިވެފައިވާ ޣައްދާރެއް ކަމަށްބުނެފައެވެ.

މި ލިއުމާއި ގުޅޭ