Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ބޮޑުކުރި ރޭޓުގައި ޓެކުސް ނަގަން ދުރާލާ ތައްޔާރުވާން މީރާއިން އިލްތިމާސްކޮށްފި

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ރޭޓުތައް ބޮޑުކުރުމަށް ޤާނޫނަށް ގެނައި އިސްލާހަށް 1 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދުރާލާވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ވިޔަފާރިތަކަށް އިލްތިމާސްކޮށްފިއެވެ.

މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1 ޖަނަވަރީން ފެށިގެން އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ ރޭޓު %8 އަށް އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުސް %16 އަށް އިތުރުވާނެ ކަމަށެވެ. އަދި އެ ޓެކުސްތައް ނެގުން ލާޒިމުވާ ފަރާތްތަކުން ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޓެކުސް ނަގަންޖެހޭނީ އެ ރޭޓުތަކުގައިކަން މީރާއިން ފާހަގަކުރިއެވެ.

ޓެކުސް ރޭޓު ބޮޑުކުރުމާ ގުޅިގެން ސަމާލުވާންޖެހޭ ބައެއް ކަންކަން ފާހަގަކޮށް މީރާއިން ބުނީ 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ބޮޑުކުރި ރޭޓުގައި ޓެކުސް ނަގަން ފަށާނީ 1 ޖަނަވަރީގެ 00:00އާ ހަމައިން ކަމަށެވެ.

އޭގެ ކުރިން ދޭ ޚިދުމަތްތަކަށް ޓެކުސް ނަގަންވާނީ މިހާރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަމުންދާ ރޭޓުގައިކަމަށް މީރާއިން ބުންޏެވެ. މިހާރު ޓީޖީއެސްޓީއަށް ނަގަނީ 12 އިންސައްތައެވެ. އަދި ޖީއެސްޓީ ނަގަނީ 6 އިންސައްތައެވެ.

24 ގަޑިއިރު ޚިދުމަތް ދޭ ތަންތަނުން ޓީޖީއެސްޓީ 16 އިންސައްތަ އަދި ޖީއެސްޓީ 8 އިންސައްތަ ނަގަން ފަށާނީ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ކަމަށާއި، އެހެން ތަންތަނުން އެ ރޭޓުގައި ޓެކުސް ނަގަން ފަށާނީ 1 ޖަނަވަރީގައި އެ ތަންތަނުގެ ޚިދުމަތް ފަށާ ވަގުތުން ފެށިގެންކަމަށް މީރާއިން ބުންޏެވެ.

އިތުރަށް މީރާއިން ބުނީ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓަށް ގެންނަ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، މުދަލާއި ޚިދުމަތުގެ އަގުގައި ޓެކުސް ރޭޓުތައް ހިމަނައިގެން އަގުޖަހަންކުރަންޖެހޭ ކަންކަން ދުރާލާއި ރާވައިގެން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ލިއުމާއި ގުޅޭ