Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓުގެ އިހުމާލުގެ މައްސަލައެއް ބަލަނީ

ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަލީ އަޙްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި މެޖިސްޓްރޭޓް އަލީ އަހްމަދުގެ މައްސަލަ ބަލަނީ ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއަކާ ގުޅިގެންނެވެ.
ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއް ބެލުމުގައި އިހުމާލުވެގެން ހުށަހަޅާފައިވާ ޝަކުވާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ބަލަން ނިންމީ ޖޭއެސްސީން ބުނި ގޮތުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ނަމަވެސް އެކަން މީޑިއާއަށް ހާމަކުރީ މިއަދު އެވެ.
މި ލިއުމާއި ގުޅޭ