Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫކްރެއިން

އެންމެ ނާޒުކު ޤައުމުތަކަށް 150 މިލިއަން ޑޮލަރުގެ ގޮދަން ފޯރުކޮށްދޭން ޔޫކުރެއިނުން ފަށަނީ

ޔޫކުރެއިނާއި އެ ޤައުމާ ގުޅިފައިވާ ބައިވެރިން ގުޅިގެން ހައިހޫނުކަމާއި ކާބޯތަކެތީގެ ދަތިކަމުގެ ނާޒުކުކަން އެންމެ ބޮޑެތި ޤައުމުތަކަށް 150 މިލިއަން އެމެރިކާ ޑޮލަރުގެ ގޮދަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކިއެވްގައި ޔޫކުރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ސަމިޓެއް ބާއްވައިފިއެވެ.

"ޔޫކުރެއިނުން ގޮދަން"ގެ ނަމުގައި ފެށި މި މަޝްރޫޢުއަކީ ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތް ކަށަވަރުކުރަން ޔޫކުރެއިނުން ދައްކާ ވާހަކައަކީ ހުސްވާހަކަތެއް ނޫންކަން ސާބިތުކޮށްދޭ މަސައްކަތެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާއިން ބުނެފައިވަނީ އދ މެދުވެރިގެން ޔޫކުރެއިނާއި ރަޝިޔާގެ މެދުގައިވި އެއްބަސްވުމުގެ ދަށުން ޔޫކުރެއިނުގެ ކަޅު ކަނޑުގެ ބަނދަރުތަކުން ބޭރުކުރާ ގޮދަން އެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ވާސިލުނުވާ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަނާއި އިތުރު 20 ދައުލަތަކުން ޖުމްލަ 150 މިލިއަން އެމެރިކާ ޑޮލަރު މި މަސައްކަތްކުރަން ޔޫކުރެއިނަށްވަނީ ލިބިފައެވެ. މި މަޝްރޫޢުގެ ދަށުން އިތޯޕިއާއާއި ސޫދާނާއި، ދެކުނު ސޫދާނާއި ސޯމާލިއާއާއި ޔަމަން ފަދަ ޤައުމުތަކަށް ގޮދަން ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ފެށުމަށް ބޭއްވި ސަމިޓުގައި ބެލްޖިއަމާއި، ލިތުއޭނިއާ އަދި ޕޮލޭންޑުގެ ބޮޑުވަޒީރުންނާއި ހަންގޭރީގެ ރައީސް ކިއެވްއަށް ވަޑައިގެން ބައިވެރިވެވަޑައިގެންނެވިއިރު، ޖަރުމަނާއި ފުރާންސްގެ ރައީސުންނާއި ވިލާތުގެ އިއްތިހާދުގެ ކޮމިޝަނުގެ ވެރިޔާ ވީޑިއޯގެ ޒަރީއާއިން ތަޤުރީރުކުރައްވާފައިވެއެވެ.

މި ސަމިޓަށްފަހު ސަމިޓުގެ ބައިވެރިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 24 ގައި ރަޝިޔާއިން ޔޫކުރެއިނަށް އެރުމަށްފަހު ހޭދަވި މުއްދަތުގައި ބާޒާރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ނެރުނު މިންވަރު 2021 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 މިލިއަން ޓަން މަދުވެފައިވާ ކަމަށެވެ.

އަދި އެފަދަ ބޮޑު އަދަދަކުން ކާބޯތަކެތި އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ކާބޯތަކެތީގެ ރައްކާތެރިކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ގޮންޖެހުމުން ގުޅިގެން އަރައިގަނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ