Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަންވަރް އިބްރާހީމް

ވަޒީރުންގެ މުސާރަ ކުޑަކުރަން މެލޭޝިޔާގެ އައު ބޮޑުވަޒީރު ހުށަހަޅުއްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމާއެކު އެ ޤައުމުގެ ވަޒީރުންގެ މުސާރަ ކުޑަކުރައްވަން އައު ބޮޑުވަޒީރު އަންވަރު އިބްރާހީމް ހުށަހަޅުއްވައިފިއެވެ.

ބޮޑުވަޒީރުކަމަށް ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހުކުރުދުވަހު އަންވަރު ވިދާޅުވެފައިވަނީ އޭނާ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހުގެ ސައިޒު ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ކުޑަވާނެ ކަމަށެވެ.

"ވަޒީރުންގެ މަޖިލިސް ކުރިއާ އަޅާބަލާއިރު ބޮޑުތަނުން ކުޑަވާނެ. އަދި އަޅުގަނޑު އައު ވަޒީރުންގެ ކިބައިން އެދެމުންމިދަނީ އެ ބޭފުޅުންގެ މުސާރަތައްވެސް މިހާރަށްވުރެ ކުޑަކުރެއްވުމަށް،" އަންވަރު ވިދާޅުވިއެވެ.

ބުރާސްފަތިދުވަހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންވަރުވަނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން އެ މަޤާމުގެ މުސާރަ ނުނަންގަވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މެލޭޝިޔާގެ އިޤުތިޞާދީ މައްސަލަތައް ހައްލުކުރައްވައި، ދިރިއުޅުމުގެ އަގު އުފުލުމަށް ލުއިތަކެއް ހޯއްދަވަން ވައުދުވެވަޑައިގަތެވެ.

އުމުރުފުޅުން 75 އަހަރުގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައި އަންވަރު މަޤާމާ ހަވާލުވެވަޑައިގަތީ ބުރާސްފަތިދުވަހުގައެވެ. އޭނާއަކީ އެ ޤައުމުގެ ދުވަސްވީ ލީޑަރު މަހާތިރުގެ އަރިހުގައި މަސައްކަތްކުރެއްވުމަށްފަހުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި ދުވަސްތަކެއް ބަންދުގައި ޖަލުގައި ހޭދަކުރެއްވި ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ.

އަންވަރު މަޤާމާ ހަވާލުވެވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި ހެޔޮ ވެރިކަމުގެ އުސޫލުތައް ނަގަހައްޓަވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި އާދައިގެ މެލޭ ރައްޔިތުންގެ ދުޅަހެޔޮކަން އިސްކުރައްވާނެ ކަމަށެވެ.

އިންތިޚާބުގައި އެއްވެސް އިއްތިހާދަކަށް ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރުގެ އަޣުލަބިއްޔަތެއް ލިބިފައިނެތުމުން މިހާރު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ކުރީގެ ބޮޑުވަޒީރު މުޙިޔުއްދީ ޔާސީން ބަރުލަމާނުގެ އަޣުލަބިއްޔަތު ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް ބެލެވެއެވެ.

ނަމަވެސް އަންވަރު ވިދާޅުވެފައިވަނީ އޭނާއަށް ތާއީދުކުރައްވާ ބަރުލަމާނުގެ މެންބަރުންގެ އަދަދު 148 މެންބަރުންނަށް އިތުރުވެ، ބަރުލަމާނުގެ ތިންބައިކުޅަ ދެބައަށްވުރެ ބޮޑު އަޣުލަބިއްޔަތެއްގެ ތާއީދު ކަށަވަރުކުރައްވާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ