Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވާވޭ

ހުއާވޭގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން މަނާކޮށްފި

އެމެރިކާގެ މުވާސަލާތީ ޚިދުމަތްތައް ރެގިއުލޭޓުކުރާ އިދާރާއިން ޗައިނާގެ ދެ ކުންފުނިކަމުގައިވާ ހުއާވޭއާއި ޒީޓީއީގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން މަނާކުރަން ނިންމައިފިއެވެ. އެ ނިންމުން ނިންމާފައިވަނީ ޤައުމީ ސަލާމަތް ރައްކާތެރިކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

ހުކުރުދުވަހު އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ ނިންމުމަކީ މުވާސަލާތީ ދާއިރާގައި މިހާރަށްވުރެ ރައްކާތެރި ވިލުންތެރި ސަޕްލައި ޗެއިނެއް ޤާއިމުކުރަން އެމެރިކާގެ އިދާރާއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ.

މި ނިންމުމުގައި މުވާސަލާތީ ވިއުގަތަކުގައި ހިމެނޭ އެންމެ އަސާސީ ތަކެތި ވިއްކުން މަނާކުރާނެއެވެ. އެގޮތުން ފޯނާއި ކެމެރާއާއި ވައިފައި ރައުޓަރުފަދަ ގެދޮރުގައި ބޭނުންކުރާ ސާމާނުތައް ވިއްކުން މަނާކުރާނެއެވެ.

އެފްސީސީގެ މި ނިންމުމަމަކީ 2021 ވަނަ އަހަރުގައި ޖޯ ބައިޑަން ތަސްދީގުކުރެއްވި ޤާނޫނުނެއް ތަންފީޒުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އެ ޤާނޫނަކީ ޗައިނާގެ މުވާސަލާތީ ކުންފުނިތައް އެމެރިކާގެ ބާޒާރުން ބޭރުކުރަން ފަރުމާކޮށްފައިވާ ޤާނޫނެކެވެ.

ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅަމުން އަންނަ ހަރުކަށި ފިޔަވަޅުތަކާއެކު އެމެރިކާއާއި ޗައިނާގެ މެދުގައި އޮތް ގުޅުން އިތުރަށް ހީނަރުވާންވަނީ ފަށާފައެވެ. އަދި އެކަންކަމާ ގުޅިގެން އިތުރަށް ވިޔަފާރީގެ ދާއިރާގައި ވާދަވެރި ފިޔަވަޅުތައް ޗައިނާއިންވެސް ތަންފީޒުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

މީގެ ކުރިން އެފްސީސީންވަނީ އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ފަންޑުތައް ބޭނުންކޮށްގެން ހުއާވޭ އަދި ޒީޓީއީގެ އުފެއްދުންތައް ގަނުން މަނާކޮށްފައެވެ. އެހެންނަމަވެސް ހުކުރުދުވަހު އެ އިދާރާއިން ނިންމި ނިންމުމާއެކު އަމިއްލަ ފަރާތްތަކަށް އަމިއްލަ ފައިސާއިންވެސް އެ ކުންފުނިތަކުގެ އުފެއްދުންތައް ގަތުން މަނާވާނެއެވެ.

މި ލިއުމާއި ގުޅޭ