Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤަތަރު

ޤަޠަރުގެ އިޝްތިހާރުތައް މަނާކުރުމުން ލަންޑަނުގައި ހުރި އިންވެސްޓުމެންޓުތައް ޤަޠަރުން މުރާޖައާކުރަނީ

ލަންޑަނުގެ ޓެކްސީތަކާއި، ބިން އަޑީ ރޭލުތަކުގެ ނިޒާމުގައާއި ބަސްތަކުގައި ޤަޠަރުގެ އިޝްތަހާރުތައް ޖެހުން މަނާކުރަން އެ ސިޓީގެ ޓްރާންސްޕޯޓު އޮތޯރިޓީން ނިންމުމުން އެ ސިޓީގައި ހުރި ޤަޠަރުގެ އިންވެސްޓުމެންޓުތައް މުރާޖައާކުރަން އެ ޤައުމުން ނިންމައިފިއެވެ.

ޤަޠަރުގެ އިޝްތިހާރުތައް މަނާކުރަން ލަންޑަނުގެ ޓްރާންސްޕޯޓު އޮތޯރިޓީން ނިންމީ އެއްޖިންސުން ޖިންސީ ގުޅުންހިންގުމާ ދެކޮޅަށް ޤަޠަރުން ގެންގުޅޭ ވިސްނުމާ ގުޅުވައެވެ. ވޯލްޑްކަޕް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ޤަޠަރުގެ ސަގާފަތާއި ދީނާ އެއްގޮތަށް އެ ހަރަކާތް ހިންގަން އެ ޤައުމުން ނިންމުމުން އެކަމާ ދެކޮޅަށް ފާޑުކިޔާތީ ޤަޠަރުން އަންނަނީ އެ ޤައުމުގެ ދިފާއުގައި ފިޔަވަޅުތައް އަޅައި ބަސްބުނަމުންނެވެ.

ލަންޑަނުގެ ޓްރާސްޕޯޓު އޮތޯރިޓީން އެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އިޝްތިހާރުކުރުމުގެ ފުރުސަތު ދިނުމުގައި އެއްޖިންސުން ޖިންސީ ގުޅުންހިންގުން މަނާކުރާ ޤައުމުތަކަށް ދެމުން އަންނަ ފުރުސަތު މުރާޖައާކުރަން ލަންޑަނުގެ މޭޔަރު ޞަދީޤު ޚާން އެދުނީ 2019 ވަނަ އަހަރުއެވެ. އެއާއެކު ޤަޠަރު ހިމެނޭހެން ޕާކިސްތާނާއި ބުރުނާއީ އަދި ސައުދީ އަރަބިއްޔާ ފަދަ ޤައުމުތަކުގެ އިޝްތިހާރުތައް މަނާކުރަން އެ އިދާރާއިން ނިންމާފައިވެއެވެ.

ނަމަވެސް އެ ފަހުންވެސް ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ޤަޠަރުގެ ބައެއް އިޝްތިހާރުތައް ހުރިކަމަށް ޓްރާންސްޕޯޓް ލަންޑަނުން ބުންޏެވެ. ނަމަވެސް މި ހަފުތާތެރޭގައި އެއް ޖިންސުން ގުޅުންހިންގުމާއި ޖިންސު ބަދަލުކުރުމަށް ތާއީދުކުރާ މީހުންގެ ޕްރެޝަރާއެކު އެ އިޝްތިހާރުތައް ހުއްޓައިލަން އެ އިދާއާއިން ނިންމާފައިވެއެވެ.

ލިވާތުކުރާ މީހުންނާއި ޖިންސު ބަދަލުކުރާ މީހުންގެ ނުރުހުން ޤަޠަރަށް އަމާޒުވީ ޤަޠަރުގައި ކުރިއަށްދާ ވޯލްޑްކަޕްގައި އެ ކަންކަމަށް ތާއީދުކޮށް ޝިއާރުތައް އުފުލުން އެ ޤައުމުން މަނާކުރަން ނިންމުމާ ވިދިގެންނެވެ.

މި ނިންމުމާ ގުޅިގެން ޤަޠަރުންވަނީ ލަންޑަނުގައި އެ ޤައުމުން ކޮށްފައިހުރި އަދި ކުރަން ގަސްތުކުރާ އިންވެސްޓުމެންޓުތައް މުރާޖައާކުރަން ނިންމާފައެވެ. އަދި މި ނިންމުން ޤަޠަރުން މާނަކުރަނީ ލަންޑަނުގެ މޭޔަރުގެ އޮފީހުން ޤަޠަރުގެ ވިޔަފާރިއަށް މަރުހަބާކިޔަން ބޭނުންނުވުން ކަމަށެވެ.

މި ލިއުމާއި ގުޅޭ