Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔޭގެ އިޤުތިޞާދު

އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު 2009 ގޮތަށް ބަލިކަށިވާނެ: އައިއައިއެފް

2023 ވަނަ އަހަރު ދުނިޔޭގެ އިޤްތިސާދު، 2009 އެކޭ އެއްގޮތަށް ބަލިކަށިވާނެ ކަމަށް އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ފިނޭންސް (އައިއައިއެފް) އިން ބުނެފިއެވެ.

އައިއައިއެފް އަކީ 400 އަށްވުރެ ގިނަ މާލީ ހިދުމަތްދޭ ކުންފުނިތަކާއި ސޮވެރިން ފަންޑުތަކާއި، އިންޝުއަރެންސް ކުންފުނިތައް މެމްބަރުންގެ ގޮތުގައި ހިމެނޭ ޖަމާއަތެކެވެ. އެ ޖަމާއަތް އުފެއްދީ 1980 ގެ އަހަރުތަކުގައި ދުނިޔެއަށް އައި އިޤްތިސާދީ ކާރިސާއަށްފަހު އެފަދަ ހާލަތްތަކުގައި ރޭވުންތެރިކަމާއި އެކު މަސައްކަތް ކުރުމުގެ ބޭނުމުގައެވެ.

އައިއައިއެފްގެ އިސް ދެ އިޤްތިސާދީ މާހިރުން ކަމުގައިވާ ޖޮނަތަން ފޯޓަން އަދި ރޮބިން ބްރޫކްސް އާންމުކުރެއްވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއަރާނީ 1.2 އިންސައްތައިގައެވެ. އަދި ބޭސް އިފެކްޓަށް އެޖެސްޓު ކުރުމުން އެއީ 2009 ގެ އިޤްތިސާދު ހުރި މިންވަރާއި ދާދި އެއްވަރެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ލިޔުމުގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އިޤްތިސާދަށް އަންނަ އަހަރު ވާނެ ގެއްލުން ބިނާވެގެންވަނީ ޔޫކްރެއިން ހަނގުރާމައަށް ކުރިއަށްދާ ގޮތަކަށް ކަމަށެވެ. އަދި އެ ހަނގުރާމަ 2024 އާ ހަމަޔަށްވެސް ދެމިގެން ގޮސްދާނެ ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވެއެވެ.

އައިއައިއެފް އިން ބުނެފައިވާ ގޮތުގައި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ޔޫރަޕުގެ ޤައުމުތަކަށެވެ. މިގޮތުން ޔޫރޯ ޒޯންގެ އިޤްތިސާދު 2 އިންސައްތައިން ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެމެރިކާގެ އިޤްތިސާދު އެންމެ އިންސައްތައަކުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ލެޓިން އެމެރިކާގެ ޤައުމުތަކުގެ އިޤްތިސާދު 1.2 އިންސައްތައިން ކުރިއަރާނެ ކަމަށް އައިއައިއެފްއިން ބުނެފައިވެއެވެ.

އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއެރުން އެންމެ ބޮޑަށް ބިނާވެގެންވަނީ ޗައިނާއަށް ކަމަށްވެސް އައިއައިއެފް އިން ލަފާކޮށްފައިވެއެވެ. މިގޮތުން ކޮވިޑު-19 އާއި ގުޅިގެން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފިނަމަ ދުނިޔޭގެ އިޤްތިސާދަށް އޭގެ ރަނގަޅު އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ