Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

ހަތް އަހަރު ކުރިން ދިން ގާނޫނީ ލަފައަށް، 73 މިލިއަން ހޯދަން ކުރި ދައުވާ ސާބިތު ނުވި

މީގެ ހަތް އަހަރު ކުރިން، ދުރާތާ ލޯ ފާމުން އައިމާ ކޮންސްޓްރަކްޝަންސް އަށް ފޯރުކޮށްދިން ގާނޫނީ ލަފާއަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައިނުވާ ކަމަށް ބުނެ 73 މިލިއަން ރުފިޔާ ހޯދުމަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ދުރާތަ ލޯ ފާމުން ދައުވާ ކުރީ އޮކްޓޯބަރު 5، 2015 ގައި އައިމާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް ފޯރުކޮށްދީފައިވާ ގާނޫނީ ހިދުމަތްތަކަށް ދައްކަންޖެހޭ އަގު ދައްކާފައިނުވާތީ، ހިދުމަތައް ދައްކަންޖެހޭ އަގާއި، އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއާއެކު ޖުމްލަ 73،028،750ރ. އެކީ އެކައްޗަކަށް ހޯދުމަށެވެ.
އެއީ ދުރާތާއިން ބުނި ގޮތުގައި އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތުގެ އަގަށްވާ 30،000ރ.ގެ ތެރެއިން މިހާތަނަށް ނުލިބިވާ 15،000ރ. އާއި، އެއްބަސްވުމުގައި ބަޔާންކުރާ 5 ޕަސެންޓު ޖޫރިމަނާއަށްވާ 447،500ރ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި 72،566،250ރ. އެވެ.
އެ ދައުވާއާ ގުޅިގެން އައިމާއިން ކޯޓުގައި ބުނީ އެ ފަރާތުން 2015 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ދުރާތާއާއެކު ހެދި އެއްބަސްވުމުގެ އަގަކީ 30،000ރ. ކަމަށާއި އޭގެ ތެރެއިން 15،000ރ. ވަގުތުން ދެއްކި ކަމަށެވެ.
އަނެއް 15،000ރ ދައްކަންޖެހެނީ އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ އަޑުއެހުން ނިމުމުންނެވެ. އެގޮތުން އެ ފައިސާ ހޯދުމަށް ދުރާތަ ލޯ ފާމުން ބިލް ކުރީ އައިމާއިން ބުނި ގޮތުގައި ޖޫން 03، 2017 ގަ އެވެ. އެއަށްފަހު އެ ފައިސާ ޖޫން 10، 2017 ގައި ދުރާތާއާ ހަވާލުކުރި ކަމަށެވެ.

އެއްބަސްވުމުގައި ހިމެނޭ 5 ޕަސެންޓަކީ 30،000ރ. ގެ ރަމްޒީ އަދަދަކަށް ވާތީ، އެ ފައިސާ ހޯދަން ދުރާތާ ލޯ ފާމުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާތީ އެ ފައިސާ ހޯދަން ބޭނުންނުވާ ކަމަށް ގަބޫލުކުރެވުނު ކަމަށް އައިމާއިން ބުންޏެވެ.

އަދި ދުރާތާ ލޯފާމުން ބިލް ކުރީ އަގު ހޯދުމަށް ކަމަށާއި، 30،000ރ. ގެ 5 ޕަސެންޓަށް ބިލްކުރިނަމަ އެ ފައިސާ މިހާރު އޮންނާނީ ދުރާތާއަށް ލިބިފައި ކަމަށާއި، އެއްބަސްވުމުގައި ޖަޒާއީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ 15 އިންސައްތައަކީ އަދުލުވެރި އަދަދެއް ނޫން ކަމަށް އައިމާއިން ބުންޏެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ވެސް ނިންމީ 30،000ރ ގެ ތެރެއިން ނުދައްކާ އޮތް ކަމަށް ބުނާ 15،000ރ. އައިމާއިން ދުރާތާއަށް ދައްކާފައިވާކަން ސާބިތުވާ ކަމަށެވެ. އަދި މަސައްކަތުގެ އަގުގެ 5 ޕަސެންޓުގެ ގޮތުގަިއި ހޯދުމަށް އެދިފައިވާ 447،500ރ. އާއި ޖޫރިމަނާގެ ގޮތުގައި ހޯދަން އެދިފައިވާ 73،028،750ރ. އަކީވެސް އައިމާއިން ދައްކަންޖެހޭ ފައިސާކަން ސާބިތު ނުވާކަމަށް ހުކުމުގައި ބުންޏެވެ.
މި ލިއުމާއި ގުޅޭ