Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާރިޔާ ދީދީ

ސިފައިންނަކީ އެންމެން ބޭނުންވާފަދަ ބަޔަކަށް ވާންޖެހޭ: މާރިޔާ

ސިފައިންގެ މީހެއްގެ ފަރާތުން އާންމުން ފެންނަން ބޭނުންވާ ސިފަތަކަކީ ކޮބައިކަން ދަނެގަނެ އެފަދަ ބަޔަކަށް ވުމަށް ދިވެހި ސިފައިން އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް 29 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، އެތަނުގެ ސިފައިންނާ މުހާތަބު ކުރައްވާ ދައްކަމުން މާރިޔާ ވިދާޅުވީ އެފަރާތްތަކަކީ އާންމުންގެ އުއްމީދު ކުރާ ފަދަ ބަޔަކަށްވުމުން ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރު ބޮޑުވާނެ ކަމަށެވެ.

އާންމު ރައްޔިތުން ދެކޭ ގޮތުގައި، ކޮންމެ ސިފައިންގެ މީހަކީވެސް ފަސްޓް އެއިޑަރެއް. ސިފައިންގެ މީހަކު ހުރިތަނެއްގައި މީހަކަށް ކަމެއް ވެއްޖިއްޔާ އެވަގުތު ކަންކުރަންވީ ގޮތް އޭނާއަށް އެގެންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. ގިނަ ރައްޔިތުންގެ ނަޒަރުގައި ސިފައިންގެ ކޮންމެ މީހަކީވެސް ރެސްކިއު ސްވިމަރެއް ނުވަތަ ލައިފް ސޭވަރެއް،" މާރިޔާ ވިދާޅުވި އެވެ.
އެގޮތުން ހާއްސަކޮށް ސިފައިންގެ ސަދަން އޭރިޔާއަކީ އާންމުންނާ ވަރަށް ބޮޑަށް ގުޅުން އޮންނަ، އާންމުންނަށް ގިނަ ހިދުމަތްތަކެއް ދޭންޖެހޭ ބަޔެއް ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.
"ސަދަން އޭރިއާގެ ލޮކޭޝަންގެ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން، ވަރަށް ގިނަ ހާދިސާތައް ވެސް މި ސަރަހައްދުގައި ގިނަ. މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެކަނި ވެސް، ކަނޑުމަތީގައި ހާލުގައިޖެހިގެން އެހީތެރިވުމުގެ 40 އޮޕަރޭޝަން ސަދަން އޭރިއާ އިން ހިންގައިފި. 148 އަލިފާނުގެ ހާދިސާއަށް ހަރަކާތްތެރިވާ ޖެހުނު،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުގައި އެއާޕޯޓުތައް ގިނަކަން ފާހަގަ ކުރައްވައި މާރިޔާ އިތުތަށް ވިދާޅުވީ އެތަންތަން ހިންގުމަށް ވެސް ސިފައިން މުހިންމު ރޯލެއް އަދާ ކުރާ ކަމަށެވެ.
ސިފައިންގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި، އެފަރާތްތަކަކީ ރައްޔިތުން ބޭނުންވާފަދަ ބަޔަކަށް ވާންޖެހޭ ކަމަށް މާރިޔާ ރޭ ވިދާޅުވި އިރު، މީގެ ކުރިން މާރިޔާ ވަނީ ދިވެހި ސިފައިންނަކީ ފިނޑި ބައެއް ކަމަށް ބުނެ އެ މޭރުމުން ވާހަކަދައްކަވާފަ އެވެ. އަދި ތަފާތު އެކި ފަހަރު މަތިން މާރިޔާ މީގެ ކުރިން ދިވެހި ސިފައިނަށް ޖެއްސުންކޮށް ފުރައްސާރަކޮށް ވާހަކަދައްކަވާފައިވާއިރު، އެކަމަނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުރެ، އިންޑިއާ ސިފައިން މިހާރު ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.
މި ލިއުމާއި ގުޅޭ