Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ސަލީބީ ހަނގުރާމަވެރިން ގޮތަށް ހެދުން ނާޅަން ފީފާއިން އިނގިރޭސި ސަޕޯޓަރުންނަށް އަންގައިފި

ފީފާ ވޯލްޑްކަޕްގައި މިރޭ އިންގްލޭންޑާއި އެމެރިކާ ބައްދަލުކުރާ މެޗުގައި، އިނގިރޭސި ސަޕޯޓަރުން ސަލީބީ ހަނގުރާމަވެރިންގޮތަށް ހެދުން އަޅައިގެންތިބުން ފީފާއިން މަނާކޮށްފިއެވެ.

މިރޭގެ މެޗުބަލަން ސަލީބީ ހަނގުރާމަވެރިންގެ ހެދުމާއި އެކު ޕްލާސްޓިކް ކަނޑިހިފައިގެން އިނގިރޭސި ސަޕޯޓަރުން ވަނީ ނިންމާފައެވެ. އެކަމަކު ފީފާއިން ވަނީ އެއީ މުސްލިމުންނަށް ހިތްހަމަނުޖެހުން ކުރިމަތިވާނެ ކަމެއްކަމަށް ބުނެފައެވެ.

ސަލީބީ ހަނގުރާމައަކީ މީލާދީން 718 ވަނަ އަހަރުން ފެށިގެން 1492 ވަނަ އަހަރާއި ހަމައަށް ޔޫރަޕުގެ ނަސާރާ ޤައުމުތަކުން ގުޅިގެން މުސްލިމުންނާއި ދެކޮޅަށް ކުރި ހަނގުރާމަތަކެކެވެ.. މި ހަނގުރާމައިގައި އިސްކޮށް ތިބި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަން، ފްރާންސް، އަދި އިޓަލީ ހިމެނެއެވެ. މި ހަނގުރާމަތަކުގައި ސަލީބީ ހަނގުރާމަވެރިން ގިނަ އަދަދަކަށް މުސްލިމުން މެރިއެވެ.

ފީފާއިން ވަނީ ސަލީބީ ހަނގުރާމަވެރިންނާއި އަދި އެ ނޫންވެސް ޔޫރަޕުގެ ހަނގުރާމަވެރި ފަރާތްތައް ރަމްޒުކޮށްދޭ ހެދުން ނުލުމަށް އަންގާފައެވެ. އަދި ޤަތަރާއި އިސްލާމީ ސަގާފަތްތަކަށް އިހުތިރާމް ކުރުމަށް ފީފާއިން ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ސަލީބީ ހަނގުރާމަވެރިންގޮތަށް ހެދުން އަޅައިގެން ތިބި އިނގިރޭސި ސަޕޯޓަރުން ސްޓޭޑިއަމަށް ނުވައްދާ މަންޒަރު ފެންނަ ވީޑިއޯތައް ޓުވިޓަރގައި މިހާރު ވަނީ އާންމުވެފައެވެ.

މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ހެދުމާއި ނިޝާންތަކާއި އެކު ސްޓޭޑިއަމަށް އިނގިރޭސި ސަޕޯޓަރުން ވަންނަން އުޅުމުން އެކަންވެސް ވަނީ ހުއްޓުވާފައެވެ.

މި ލިއުމާއި ގުޅޭ