Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑްޓެކް

ކްރިޓިކަލް ކެއާ ހިދުމަތްތަކަށް ހާއްސަ މަހާސިންތާއެއް މެޑްޓެކުން ބާއްވައިފި

ރާއްޖޭގައި ދޭ ކްރިޓިކަލް ކެއާ ހިދުމަތްތަކަށް އަމާޒުކޮށްގެން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަހާސިންތާއެއް ބާއްވައިފި އެވެ.

މީރުމާ އިވެންޓު ހޯލުގައި މިދިޔަ އަންގާރަ ދުވަހު ފެށި އެ މަހާސިންތާގައި އައިޖީއެމްއެޗް، ޓްރީޓޮޕް، ސެނަހިޔާ އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، އަތޮޅުތަކުން ބައިވެރިވި 100 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނު ދެއްވީ ސްވިޒަލޭންޑުގެ ހެމިލްޓަން މެޑިކަލް އަދި އެމެރިކާގެ ޒޯލް މެޑިކަލްގެ ތަޖުރިބާކާރު ސައިންޓިފިކް ޓުރެއިނަރުންނެވެ.
މެޑްޓެކުން ބުނި ގޮތުގައި އެ މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ހޮސްޕިޓަލްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތުގައި ތިބޭ ބަލި މީހުންނަށް ދޭ ފަރުވާ ނުވަތަ ކްރިޓިކަލް ކެއާ ހިދުމަތް ތަކުގައި ބޭނުން ކުރާ މުހިންމު އާލާތްތަކުގައި ހުންނަ އެޑްވާންސް އޮޕްޝަންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުވުމެވެ.
މެޑްޓެކުން ބުނީ މިހާރުވެސް ރާއްޖޭގައި ބޭނުންކުރާ އާލާތްތަކަކީ އެންމެ ޒަމާނީ، ފެންވަރުގެ އާލާތްތައް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، އެ ކުންފުނިން އިސްނަގައިގެން އެ މަހާސިންތާ ބޭއްވީ އެފަދަ އާލާތްތައް ބޭނުން ކުރުމުގައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިންސާނީ ތަރައްގީ ފޯރުކޮށްދިނުމަށް ސިއްހީ ދާއިރާއަށް އެހީތެރިވުމަށް ކަމަށެވެ.
މެޑްޓެކްއަކީ އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ ހިމެނޭ ތަފާތު އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ކްރިޓިކަލް ކެއާގެ ހިދުމަތްތަކަށް ހާއްސަ ޒަމާނީ ގިނަ އާލާތްތަކެއް ވެސް އެ ކުންފުނިން މިހާރުވެސް ވިއްކަމުންދެ އެވެ.
މި ލިއުމާއި ގުޅޭ