Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިހާބަށް ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ބަހައްޓާނެ ވޯޓު ފޮށިތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ފޮރިން މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނާ މަޝްވަރާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޮރިން މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ އިންތިޒާމުތަކާއި އެކަމާ ގުޅޭ ބައެއް ކަންކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މަޝްވަރާތަކުގެ ތަސްސީލެއް އަދި ނުދެ އެވެ.

މީގެ ކުރިންވެސް ރާއްޖެއިިން ބޭރުގައި އުޅޭ ދިވެހިން ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާފައިވެ އެވެ. 2023 ގެ އިންތިހާބު ކައިރިވެފައިވާއިރު، އެ އިންތިހާބުގެ ބަޖެޓަށް 90 މިލިއަން ރުފިޔާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އޮތީ ހިމަނާފަ އެވެ.

ކުރިއަށަ އޮތް އިންތިހާބުގައި ގިނަ ޕާޓީތަކުން ވާދަކުރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ދިނީ ކުރީޣެ ރައީސް އަބްދުﷲ ޔާމީނަށެވެ. ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ބާއްވާނެ ތާރީހެއ އަދި އިއުލާން ނުކުރެ އެވެ.

އެކަމަކު އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އޭގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީ އަންނަ އަަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމިއިރު، އޭގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންޏެވެ.

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެ އެވެ. ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރައްވަން ކެމްޕޭންތަކެއް ކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީންވެސް ރިޔާސީ ކެންޑިޑޭޓަރު ނެރޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

މި ލިއުމާއި ގުޅޭ