Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް އެޕަލްއިން ބިޑް ކުރަނީ!

މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް މަޝްހޫރު އެޕަލް ކުންފުނިން ބިޑް ކުރަން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެޕަލްގެ އިތުރުން އިނގިރޭސީވިލާތުގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ ސާރ ޖިމް ރެޓްކްލިފް އާއި ދުބާއީގެ މަހުޖަނު ހަމްދާން މުޙައްމަދު ވެސް މި ލިސްޓުގައި ހިމެނެއެވެ.

މިގޮތުން ފާހަގަ ކޮށްލެވޭ ގޮތުގައި ސާރ ޖިމް ވަނީ މީގެ ކުރިން ވެސް އެޓީމު ވިއްކާނަމަ ގަންނަން ތައްޔާރަށް ހުރި ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ނަމަވެސް ބައެއް މަސްދަރުތައް ބުނާ ގޮތުން އެޕަލްއިން މިފަދަ ވިސްނުމެއް ނުގެން ނުގެންގުޅެއެވެ. އެޕަލް ކުންފުނީގެ ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުން އެމީހުންނަކީ ކުޅިވަރަށް ވުރެ ބޮޑަށް ވިޔަފާރި ކުންފުންޏެކެވެ. އަދި ކުޅިވަރުގެ ތެރެއަށް މިގޮތަށް ވަނުމުގެ ވިސްނުން އެޕަލްއިން ނުގެންގުޅޭކަމަށްވެއެވެ.

އެހެންކަމުން އެޕަލް ކުންފުނިން މިކަމާ ބެހޭގޮތުން އަދި މިހާތަނަށް ރަސްމީ އެއްޗެއް ބުނެފައިނުވެއެވެ. ނަމަވެސް ޔުނައިޓެޑް ގަތުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބައެއް އެހެން ވިޔަފާރިވެރިން ދޭތެރެ ދޭތެރެއިން ހާމަކުރެއެވެ.

ޔުނައިޓެޑް ހިންގުމުގައި މައްސަލަތަކެއް ޖެހިގެން އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ބައެއް ކުޅުންނާ މެނޭޖްމަންޓާއި މައްސަލަޖެހި ބައެއް ކުންތެރިން ޓީމުން ވަކި ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯ ހިމެނެއެވެ.

ރޮނަލްޑޯ އާއި އެޓީމުގެ ކޯޗާއި ދެމެދު މައްސަލަތަކެއް އުފެދި ރޮނަލްޑޯ ވަނީ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ކޯޗަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ވަކި ކުރީ އެމައްސަލައިގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ