Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީޗަރުން

މިއުޒިކާއެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅުހެދި ޓީޗަރުންގެ ސަސްޕެންޝަން އިތުރުކޮށްފި

އއ.އުކުޅަހު ސުކޫލުގައި މިއުޒިކާއެކު ނެށުން ދަސްކޮށްދިނުމާ ދެކޮޅުހެދި ހަތަރު ޓީޗަރުންގެ ތެރެއިން ސަސްޕެންޑުކޮށްފައިވާ 3 ޓިޗަރުންގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މި މައްސަލަ ފެންމަތިވީ އުކުޅަހުގެ ޕްރީސްކޫލުގެ ހަތަރު ޓީޗަރަކު ކުދިންނަށް މިއުޒިކާއެކު ނަށަން ދަސްކޮށްދޭން ދެކޮޅުހެދުމުންނެވެ.

އެ ޓީޗަރުން މިއުޒިކާއެކު ނަށަން ދަސްކޮށްދޭން ދެކޮޅުހެދުމާ ގުޅިގެން އެ ނިންމުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ޓީޗަރުންނަށް އިރުޝާދު ދިނެވެ. ނަމަވެސް އެ ޓީޗަރުންވަނީ އެ ނިންމުން ބަދަލުކުރަން އިންކާރުކޮށްފައެވެ.

އެ ނިންމުން ބަދަލުކުރަން ދެކޮޅުހެދުމުން ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުގައި އެ ޓީޗަރުން 7 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ.

މިއަދަކީ އެއިރު ދިން ސަސްޕެންޝަނުގެ މުއްދަތު ހަމަވާ ދުވަސްކަމުން މިއަދު އެޑިއުކޭޝަނުންވަނީ އެ ޓީޗަރުންގެ ސަސްޕެންޝަނުގެ މުހުލަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ ޓީޗަރުން ސަސްޕެންޑުކުރީ ސުކޫލުތަކުން ތަންފީޒުކުރަންޖެހޭ ކަރިކިއުލަމް ތަންފީޒުކުރުމާ ދެކޮޅުހެދުމުންނެވެ.

މި ލިއުމާއި ގުޅޭ