Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

ކޮންމެ ނިންމުމެއް ކޯލިޝަނާ މަޝްވަރާ ކުރާކަށް ނުޖެހޭ: ސަރުކާރު

ސަރުކާރުން ކޮންމެ ދުވަހަކު ނިންމާ ކޮންމެ ނިންމުމެއްގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތައް ބައިވެރިކުރަން ޖެހޭކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސޯލިހު ކޯލިޝަންގެ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތައް ނުބާއްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ސީދާ ބައްދަލުވުންތަކެއްގެ ސިފައިގައި މަޝްވަރާތައް ނުބޭއްވި ނަމަވެސް ކޯލިޝަން ލީޑަރުންނާއެކު ރައީސް މަޝްވަރާ ކުރައްވާ ކަމަށެވެ.

އެކަމަކު ކޮންމެ ދުވަހަކު ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއްގައި ކޯލިޝަން ލީޑަރުން ބައިވެރިކުރަން ޖެހޭކަމަށް ދެކިވަޑައި ނުގަންނާ ކަމަށާއި، ރައީސަކު އައްޔަންކޮށްފައި ހުންނަނީ އެހެންވެ ކަމަށް އެނާ ވިދާޅުވި އެވެ.
"ދެން ކޮންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިސިޝަނަކީ އެއީ ކޯލިޝަންގެ ބޭފުޅުންނާ އެއްކޮށް މަޝްވަރާ ކުރެވިގެން ނަންގަވާ ޑިސިޝަނަކަށް ނުވެދާނެ، ދެން އެގޮތަށް ވާކަށްވެސް އަޅުގަނޑަށް ހީވަނީ ނުޖެހޭހެން،" މިއުވާން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މި އިންތިހާބު ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް، އެހެންވީމަ ރައީސް، ރައްޔިތުންގެ ލާބައާ މަންފާއަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ."
އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަންގައި އެކި ސިޔާސީ ޕާޓީތައް ހިމެނޭތީ ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް މިއަދާ ހަމައަށްވެސް ސަރުކާރު ކޯލިޝަން އޮތީ "ބަދަހިކަމާއެކު،" އެވެ. އަދި އެމްޑީޕީގެ ތަޖުރިބާއާއެކު، ކޯލިޝަން ދެމެހެއްޓުމުގެ ގާބިލްކަން ރައީސް ސޯލިހުގެ ކިބައިގައި ހުންނެވި ކަމަށެވެ
މި ސަރުކާރު ކޯލިޝަންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އިތުރުން، ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި، އިމްރާން އަބްދުﷲގެ އަދާލަތު އަދި ކުރީގެ ރައީސް އަބްދުﷲ މައުމޫންގެ އެމްއާރުއެމް ހިމެނެ އެވެ.

ސަރުކާރުގެ ބައެއް ޕޮލިސީތަކާއި ކަންކަން ނިންމުމުގައި ކޯލިޝަނާއެކު މަޝްވަރާ ނުކުރާ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން އެ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އެގޮތުން ދާދި ފަހުން ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް އޮތްކަމަށް އެއްބަސްވެ އެ މައްސަލައިގައި ރައީސް ނެންގެވި ސްޓޭންޑު ކޯލިޝަންގެ އެއްވެސް ޕާޓީއަކާ ހިއްސާ ނުކުރި މައްސަލަ ފެންމަތިވި އެވެ.

މި ލިއުމާއި ގުޅޭ