Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

ބަރަހަނާ ފޮޓޯއަށް ސަރުކާރުގެ ރައްދު: "މަގާމަށް އައްޔަންކުރަނީ މައްސަލައެއް ނެތީމަ"

ދައުލަތުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަނީ އެމީހުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު އެއްވެސް މައްސަލައެއް ނެތްނަމަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިއްޔެ އައްޔަންކުރެއްވި، ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފު އަލީކަމަށް ބެލެވޭ މީހަކު ފިރިހެނަކާއެކު ބަރަހަނާ ހާލުގައި ހުރި ފޮޓޯއެއް ރޭ ވަނީ ޓުވީޓާގައި އާންމުވެފަ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަމުންދޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، ދައުލަތުގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ ކުރިން އެބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށް، އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ ބަލާ ކަމަށެވެ.
އެއްވެސް ކަހަލަ މައްސަލައެއް އޮތް މީހަކު މަގާމުތަކަށް އައްޔަންކޮށްފައި ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް ސީދާ އަޝްރަފްގެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.
"މައްސަލައެއް އޮތިއްޔާ މަގާމަކަށް އެޕޮއިންޓެއް [އައްޔަނެއް] ނުކުރާނެ. އޭގެ ފަހުގައި ތިވިދާޅުވާކަހަލަ ތުހުމަތެއް އުޅޭނަމަށް އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ،" މިއުވާން ވިދާޅުވި އެވެ.
އަޝްރަފް ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ރޭ އާންމުކުރީ ޓުވިޓާގައި އަލަމްގިރި ނަމުގައި ހިންގާ ވެރިފައިޑް ޓުވިޓަރ އެކައުންޓަކުންނެވެ. "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފޮޓޯއަކީ މީގެ އެތައް އަހަރެއް ކުރިން ލީކުވެ ބައެއް މީހުންގެ މެދުގައި ދައުރުވެފައިވާ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯ އާންމުންނާ ހަމައަށް އެއިރު އައިސްފައިނުވެ އެވެ.
އެ ފޮޓޯއާ ގުޅިގެން އަޝްރަފު ވިދާޅުވެފައިވަނީ ކުރިންވެސް އަދި މިހާރުވެސް އޭނާގެ އެފަދަ ފޮޓޯއެއް އޮވެގެންނުވާނެ ކަމަށެވެ. އަދި އެއީ އޭނާ ނައިބު ވަޒީރުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ކުރާ "ޖެއްސުމެއް" ގެ ގޮތުގައި ސިފަކުރެއްވި އެވެ.
"އަޅުގަނޑު ތިޔަ ފޮޓޯއެއް ނުދެކެން. އަޅުގަނޑާމެދު ތިޔަ ފަދަ އެއްޗެއް އެއިރުވެސް މިހާރުވެސް ހުރެގެންނުވާނެ،" ފޮޓޯއާ ގުޅިގެން އަޝްރަފު ވިދާޅުވެފައިވެ އެވެ.
މި ލިއުމާއި ގުޅޭ