Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

ހުޅުމާލޭގެ އަމިއްލަ މީހުންގެ ގެދޮރުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރަން ހުއްދަދެނީ

ހުޅުމާލޭގައި އަމިއްލަ މީހުންގެ ގެދޮރުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރި ހިންގުމުގެ ހުއްދަ ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދައިން އަމިއްލަ މީހުންގެ ގެދޮރުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރަން ހުއްދަ ދޭން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީން އެދިގެން ކަމަށެވެ.

އެ ނިންމުން ނިންމަން އިކޮނޮމިކް މިނިސްޓްރީން އެދުނީ ހުޅުމާލޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމުގެ ބޭނުމުގައިކަމަށްވެސް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ނިންމުމާއެކު ހުޅުމާލޭގައި އިތުރު ވިޔަފާރިތައް ތައާރަފުވެ އައު ޚިދުމަތްތައް ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނެފައިވަނީ އަމިއްލަ ގެދޮރުގެ ފުރަތަމަ ފަންގިލާގައި ރެސްޓޯރެންޓު، ކެފޭ ފިހާރަތައް ފަދަ ވިޔަފާރިތައް ހިންގަން ހުއްދަ ދިން ނަމަވެސް، އަމިއްލަ ގޯތީގެ ފުރަތަމަ ފަންގިފިލާއާއި އެންމެ ތިރީގައި ސިނާއީ އެއްވެސް މަސައްކަތެއްކުރުމަކީ މަނާކަމެކެވެ.

އެގޮތުން އެ ތަންތަނުގައި ގުދަނާއި، ގަރާޖު ފަދަ ތަންތަން ހިންގުމުގެ ހުއްދައެއް ނޯންނާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ ކުރިން ހުޅުމާލޭގައި އަމިއްލަ ގެދޮރުގެ ގުރައުންޑް ފްލޯ ނުވަތަ އެންމެ ތިރި ނޫނީ ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރުން އޮންނަނީ މަނާކޮށްފައެވެ.

މި ލިއުމާއި ގުޅޭ