Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މިހާރު ބޮޑެތި ކުށްތަކުގައި ދައުވާނުކޮށް ތިން މަސް ވަންދެން ބަންދުގައި ބެހެއްޓޭނެ

ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށް، ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުރައްވައިފި އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، މީހުން މެރުމާއި، ރޭޕާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަނީ ލޯންޑްރިންނާއި، މީހުން ޓްރެފިކް ކުރުމާއި، ޑްރަގް ޓްރެފިކިން އާއި، ނުރައްކާތެރި މާރާމާރީއާއި، ޓެރަރިޒަމް ފަދަ ކުށްތަކެވެ.
ކުރިން ގާނޫނޫ އޮންނަ ގޮތުން، ތަހުގީގު ނިމެންދެން ބަންދުގައި މީހަކު ބަހައްޓާ ނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހެ އެވެ.
ޖިނާއީ ބޮޑު ކުށެއް ނަމަ އެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅެ އެވެ. ކުރީގެ ގާނޫނުގެ ފަނޑިޔާރަށް އިތުރުކޮށްދެވެނީ ގިނަވަގެން 45 ދުވަސް ވަންދެނެވެ.
ގެޒެޓްގައި މިއަދު ޝާއިއުކޮށްފައިވާ ޖިނާއީ އިޖުރާތުގެ ގަނޫނަށް ގެނައި އިސްލާހުގައި ވަނީ ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަން ޖެހޭ މުއްދަތު 45 ދުވަހަށް އިތުރުކޮށްފަ އެވެ.
އަދި ތަހުގީގުގެ މުއްދަތު އިތުރުކުރުމުގެ މާއްދާ ވެސް އިސްލާހުކޮށްފައިވާއިރި، އެ މާއްދާގައި ބުނަނީ ގިނަވަގެން 60 ދުވަހަށް އެ މުއްދަތު އިތުރުކޮށްދެވޭނެ ކަމަށެވެ. އެއީ އިތުރުކޮށްދޭ ކޮންމެ ފަހަރަކު 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށެވެ.

މި އިސްލާހާއެކު ޖިނާއީ ބޮޑެތި މައްސަލަތަކުގައި، މީގެ ފަހުން ދައުވާނުކޮށް ތަހުގީގުގެ ބޭނުމަށް ތުހުމަތު ކުރެވޭ ފަރާތްތައް ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުގައި ބެހެއްޓޭނެ އެވެ.

މި ލިއުމާއި ގުޅޭ