Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެލޭޝިޔާ

މެލޭޝިޔާގެ އިސްލާހީ ލީޑަރު އަންވަރު އެ ޤައުމުގެ ބޮޑުވަޒީރުކަމަށް

މެލޭޝިޔާގެ އާންމު އިންތިޚާބަށްފަހުގައި ވަކި ޕާޓީއަކަށް ސަރުކާރު އެކުލަވައިލަން ބޭނުންވާ އަޣުލަބިއްޔަތު ނުލިބި ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ދުވަސްތަކެއް ހޭދަވުމަށްފަހު، އެ ޤައުމުގެ ބޮޑުވަޒީރުކަމަށް އިދިކޮޅުގެ އިސްލާހީ ލީޑަރު އަންވަރު އިބްރާހީމް އައްޔަންކުރެއްވުމަށް އެ ޤައުމުގެ ރަސްގެފާނު ނިންމަވައިފިއެވެ.

ސުލްޠާން ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހު ވިދާޅުވެފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ ހުވައި އަންވަރު ކުރައްވާނީ އަންނަ ބުރާސްފަތިދުވަހުގައި ކަމަށެވެ.

އަންވަރުގެ އުންމީދުގެ އިއްތިހާދަށް ހޮނިހިރުދުވަހުގެ އިންތިޚާބުގައި ކާމިޔާބުކުރެވުނީ 82 ގޮނޑިއެވެ. އެއީ ސަރުކާރު އެކުލަވައިލުމަށް ބޭނުންވާ 112 ގޮނޑިއަށްވުރެ މަދު އަދަދެކެވެ. ކުރީގެ ބޮޑުވަަޒީރު މުޙިއްޔުއްދީން ޔާސީންގެ ނޭޝަނަލަ އެލައެންސްއަށް ލިބުނީ ޖުމްލަ 73 ގޮނޑިއެވެ. އެ ޕާޓީގެ އިއްތިހާދުގައި ހިމެނޭ ޕޭން މެލޭޝިއަން އިސްލާމިކް ޕާޓީއަށް 49 ގޮނޑި ލިބުނެއެވެ. އެއީ އެއް ޕާޓީއަކަށް ލިބުނު އެންމެ ގިނަ ގޮނޑިއެވެ.

އަންވަރަށް ސަރުކާރު އެކުލަވައިލެވޭ މިންވަރަށް ގޮނޑި ހަމަކުރެއްވުނީ ބަރުލަމާނުގައި ހިމެނޭ އެހެނިހެން ކުދި ޕާޓީތަކުން އޭނާއާއެކު އިއްތިހާދު ސަރުކާރެއް އެކުލަވައިލަން އެއްބަސްވުމާ ގުޅިގެންނެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގަތުމުން ރަނގަޅު ވެރިކަމެއް ޤާއިމުވެ އުންމީދު ބޮޑުވާނެއެވެ.

1990 ގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި އަންވަރަކީ 10 ވަރަކަށް އަހަރު ކޮރަޕްޝަނާއި ލިވާތުކުރުމުގެ ތުހުމަތުގައި ޖަލުގައި ހޭދަކުރެއްވި ބޭފުޅެކެވެ. އެ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި އަންވަރު ވިދާޅުވެފައިވަނީ އެ މައްސަލަތަކުގައި އިއްވި ހުކުމްތަކަކީ ސިޔާސީ މަޤުޞަދުގައި ފެންމަތިކުރި ތުހުމަތުތަކެއްގެ މައްޗަށް ކުރި ސިޔާސީ ހުކުމްތަކެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ