Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައިފް ފާތިހު

ސަރުކާރު ކުންފުންޏަކަށް މަގު ހަދަން ދިނުމުން ހަތަރު މަހުން ވިހިތިރީސް ފޫޓުވެސް ނުނިމޭ: ސައިފް

ސަރުކާރު ކުންފުންޏަކަށް ބޮޑު އަގުގައި މަގު ހަދަން ހަވާލުކުރުމުން ހަތަރު މަހުން ވިހިތިރީސް ފޫޓުގެ މަސައްކަތްވެސް ނިންމައިނުލެވޭކަމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ސައިފު މިފަދައިން ވިދާޅުވީ މާލޭގެ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ކާރޫބާރޫ ބޮޑު އެއް މަގުކަމުގައިވާ އަމީނީމަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރަމުން އައިސް މަސައްކަތް މަޑުޖެހުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މީގެ ކުރިން މި މަސައްކަތްކުރަން އެއްބަސްވެފައިވަނީ އާރުޑީސީއާއި ސިޓީ ކައުންސިލާ ދެމެދުގައެވެ. ނަމަވެސް ފަހުން ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 80 އެތައް މިލިއަން ރުފިޔާއަކަށެވެ.

އަގުބޮޑުކޮށް މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނިކޮށް މަސައްކަތް މަޑުޖެހި ލަސްވަމުންދާތީ އާންމުން ޝަކުވާކުރަން ފެށުމުން އިއްޔެ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ނުހުއްޓޭކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީން ދޭ ބައެއް ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުމުގެ ސަބަބުން މަސައްކަތް މަޑުޖައްސާލަންޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސައިފް ވިދާޅުވީ މަގުތަކަކީ މުނިސިޕަލް ކަމެއް ކަމަށެވެ. މުނިސިޕަލް ޚިދުމަތްތައް ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކުގެ އިޚުތިޞާޞުގެ ތެރެއަށް ވަންނަ ކަމެކެވެ.

އިތުރަށް ސައިފް ވިދާޅުވީ މައި ސަރުކާރުގެ ބޮޑު މިނިސްޓްރީގެ ދަށަށް މަސައްކަތް ގެނެސް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދަރަންޏަށް ލުއިދިނުމަށް ބޮޑު އަގުގައި އެ މަސައްކަތް ހަވާލުކުރުމުން ޖަވާބުދާރީއެއް އަދި ޒިންމާދާރެއް ނުކުރެވޭ ކަމަށެވެ. އަދި އެގޮތަށް ކަންކުރުމުން ހަތަރު މަހުން ވިހިތިރީސް ފޫޓުގެ މަސައްކަތް ނުނިންމޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ