Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

މި ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރުކޮށްދޭނީ ފަގީރުކަން: ޖަމީލް

މި ވެރިކަން ނިމޭއިރު ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ ހަމައެކަނި ކަމަކީ ފަގީރުކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ޓެކްސް ނަގަން ނިންމައިގެން ސަރުކާރުން ކުރާ ބޮޑު ކަމަކީ ސިޔާސީ ހަރަދު ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެންމެ ގިނަ ސިޔާސީ މަގާމު އުފެއްދުމާއި އެންމެ ގިނަ ދަތުރުތައް ކުރުމުގެ ރެކޯޑް އޮތް ވެރިޔާކަމަށް ޖަމީލް ވިދާޅުވި އެވެ.
"އާ ޓެކްސާއިއެކު ސިޔާސީ މަގާމުތަކުގެ އީދެއް އަތުވެއްޖެ. ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރުކޮށްދޭނީ ފަގީރުކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުންނާއި ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކުރި ބިލު ރައީސް ވަނީ މި މަހުގެ 12 ވަނަ ދުވަހު ތަސްދީގުކުރައްވާފަ އެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޓެކުސް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގާ %6 އިން %8 އަށް ބޮޑުކުރުމަށެވެ. އަދި މިހާރު ޓީޖީއެސްޓީ ނަގާ ރޭޓު 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވެ އެވެ.
ސަރުކާރުން ޓެކްސް ބޮޑުކުރަނީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ފޫބެއްދުމަށެވެ. އެގޮތުން ހަރަދުތައް ފޫބެއްދުމަށް ޓެކްސް ބޮޑުކޮށްގެން 3.6 މިލިއަން ރުފިޔާ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި އޮތީ ހިމަނާފަ އެވެ.
މި ލިއުމާއި ގުޅޭ