Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައެއްގައި، 57 ކުށުގެ ރެކޯޑު އޮތް މީހެއް 45 ދުވަހަށް ބަންދުކޮށްފި

މީގެ ކުރިންގެ 57 ފަހަރެއްގެ މަތިން އެކި ކުށްތަކުގެ ތުހުމަތު ލޮގުކުރެވިފައިވާ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި 45 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ މީހާ ބަންދުކުރަން ނެރުނު އަމުރުން އެނގޭ ގޮތުގައި އެ މީހަކީ މާލެއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ މީހެކެވެ. އެމީހާއަށް ކުރާ ތުހުމަތަކީ މަތުވާތަކެތި ބޭނުންކޮށް ގެންގުޅެ ޓްރެފިކްކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއާތާ އެއްގޮތަށް ކަމަށާއި، އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް މައްސަލަ ތަހުގީގުކުރާ އޮފިސަރު ކޯޓުގައި ބުނެފައިވާ ކަމަށެވެ.

އެ މައްސަލާގައި ކޯޓު އަމުރު ނެރުއްވި ޤާޟީ ޙަސަން ސައީދު އިތުރަށް ފާހަގަކުރައްވާފައިވަނީ މި މީހާއަކީ 57 ކުށް ކުރިން ލޮގުކުރެވިފައިވާ މީހެއް ކަމަށެވެ.

އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ ތުހުމަތުކުރެވޭ މިންވަރަކަށް އެކަށީގެންވާ ހެކި ލިބިފައިވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގައި ބެލެވޭތީއެވެ. އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ 45 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައެވެ.

މި ލިއުމާއި ގުޅޭ