Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ރަޝިޔާގެ މިސައިލު ހަމަލާތަކާއެކު ޔޫކުރެއިނާއި މޮލްޑޯވާގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ޔޫކުރެއިނުގެ މުހިއްމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ދިން ސިލްސިލާ ހަމަލާތަކެއްގެ ސަބަބުން ޔޫކުރެއިނާއި އެ ޤައުމުގެ އަވައްޓެރި މޮލްޑޯވާގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމުން، އެ ހަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކެއްކަމަށް ޔޫކުރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ސިފަކުރައްވައިފިއެވެ.

ބުދަދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވީ ފިނިމިން ސުން ޑިގުރީއަށްވުރެ ދަށްވެފައިވާ ދަނޑިވަޅެއްގައި އެތައް މިލިއަން ބަޔަކު ކަރަންޓާއި ހޫނުކުރާނެ ގޮތްތަކާއި ފެނުން މަހުރޫމުކުރުމަކީ ސާފުކޮށް އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

ބުދަދުވަހު ރަޝިޔާއިން ދިން ހަމަލާތަކުގެ ތެރެއިން މިސައިލެއް ވެރިރަށް ކިއެވްގައި ހުންނަ ދެ ބުރީގެ އިމާރާތަކަށް އަމާޒުވެ، އާންމުންގެ 9 މީހަކަށް އަނިޔާވެ ހަ މީހަކު މަރުވެފައިވާކަމަށް އެ ސިޓީގެ އިދާރާތަކުން ބުނެފައިވެއެވެ.

އަވަސްއަވަހަށް ގިނަ ހަމަލާތަކެއް ރަޝިޔާއިން ދިންކަމަށް ޔޫކުރެއިނުގެ އެކި ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާތަކަކީ އަންނަ ފިނި މޫސުން ފެށުމުގެ ކުރިން ޔޫކުރެއިނުގެ މުހިއްމު އުމްރާނީ ވަސީލަތްތައް ސުންނާފަތިކުރުމުގެ ބޭނުމުގައި ރަޝިޔާއިން ދެމުންދާ ހަމަލާތަކެއްކަމަށް ޔޫކުރެއިނާއި އެ ޤައުމުގެ ބައިވެރިން ތުހުމަތުކުރެއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވެފައިވަނީ ރަޝިޔާގެ ރައީސް ވަލްޑިމިއަރް ޕުޓިން ގެންދަވަނީ ޔޫކުރެއިނު ރައްޔިތުންނަށް ބޮޑު ގެއްލުމާއި ކެކުޅުން ކުރިމަތިކުރެއްވުމަށް ފިނި މޫސުން ހަތިޔާރަކަށް ހައްދަވަމުން ކަމަށެވެ. "ޕުޓިން ބޭނުންފުޅުވަނީ ގަނޑުކޮށްލައިގެން ޔޫކުރެއިނު އަޅުވެތިކުރައްވަން،" އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒްޔާ ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވީޑިއޯ މެދުވެރިކުރައްވައި ޒެލެންސްކީ ބައިވެރިވެވަޑައިގަތީ އެ މަޖިލީހުގެ އިޖުރާއާތުތަކާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ޔޫކުރެއިނާއި އެ ޤައުމުގެ މަދަދުވެރިން ދެމުންދާ އިންޒާރުތައް ކުށްވެރިކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ދެމުންދާ ހަމަލާތައް ފެށުމުގެ ކުރިން ޒެލެންސްކީ ވިދާޅުވެފައިވަނީ ކުރިން ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކުރެއިނުގެ އުމްރާނީ ވަސީލަތްތަކުގެ ދެބައިކުޅަ އެއްބައި ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ