Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ކެނެޑާއިން މޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ބެލްޖިއަމް

ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް(ވޯލްޑް ކަޕް) ގައި ރޭ ގްރޫޕްއެފްގައި ބެލްޖިއަމް އާއި ކެނެޑާ ބައްދަލުކުރި މެޗް 1-0 އިން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ މިމުބާރާތުގައި ރޭ މިދެޓީމު ބައްދަލުކުރި މެޗުގައި ފެށުނީއްސުރެ ނިމެންދެން ކަހަލަ ގޮތަކަށް މޮޅު ކުޅުމެއް ދައިކައިފައިވަނީ ކެނެޑާއިންނެވެ.

އަދި ކެނެޑާއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އުފެއްދި އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލެވޭ ވަރެއް ނުވިއެވެ.

ކެނެޑާއަށް ލީޑު ނަގާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުތެރިއެއްގެ އަތުގައި ބޯޅަޖެހުމުން ރެފުރީ ވަނީ މެޗްގެ 11 ވަނަ މިނެޓުގައި ކެނެޑާއަށް ޕެނަލްޓީއެއް ދީފައެވެ.

ނަމަވެސް ކެނެޑާގެ ޑާވީސް ޖެހި ޕެނަލްޓީ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓޮއިސް ވަނީ އެޕެނަލްޓީ މަތަކޮށްފައެވެ. ކެނެޑާއިން ރީބައުންސަށް އެރިނަމަވެސް ގޯލާ އަމާޒުކުރެވޭ ވަރެއް ނުވިއެވެ.

މި މެޗުގައި ބެލްޖިއަމްގެ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައ މެޗުގެ 44 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޝީ ބަޓްޝުއާއީއެވެ.

ބެލްޖިއަމް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1930 ވަނަ އަހަރުއެވެ. އޭގެ ފަހުން ބެލްޖިއަމުން ވަނީ 13 ފަހަރު މަތިން މި މުބާރާތުގައި ވާދަކޮށްފައެވެ.

މި ލިއުމާއި ގުޅޭ