Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ސްޕެއިން އިން ފެށީ ވަރުގަދަކޮށް، ސަޕޯޓަރުން އުފަލުން ފޮޅިފައި

ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތ(ވޯލްޑް ކަޕް)ގައި ގްރޫޕް "އީ" ގައި އެންމެ ފަހުގެ ރަނަރަޕް ކޮސްޓަރިކާ 7-0 ގެ ނަތީޖާ އަކުން ބަލިކޮށް ސްޕެއިނުން އެޓީމުގެ ސަޕޯޓަރުން އުފާކޮށްދީފިއެވެ.

މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަނީ މެޗްގެ ފުރަތަމަ ހާފުގައި ތިންލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނީ އެލްމޯ އާއި މާކޯ އެސެންސިއޯގެ އިތުރުން ފެރެން ޓޯރޭޒް އެވެ. ޓޯރޭޒްގެ ލަނޑަކީ ކްރޮއޯޝިއާއިން ފައުލް ކުރުމާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފްގައި ސްޕެއިނުން ހަތަރު ގޯލް ކާމިޔާބު ކުރިއިރު، ފުރަތަމަ ގޯލަކީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން ޓޯރޭޒް ޖެހި ލަނޑެކެވެ. ފަސްވަނަ ލަނޑު ގާވީ ކާމިޔާބުކޮށްދިންއިރު، ބާކީ ދެގޯލް ކާމިޔާބުކޮށްދިނީ ކާލޯސް ސޮލާ އަދި އަލްވާރޯ މޮރާޓާއެވެ.

ސްޕެއިންއާ ދެކޮޅަށް ކޮސްޓާރިކާ އަށް އެންމެ ޝޮޓެއް ވެސް ނެގިފައި ނުވާއިރު، މިއީ 1966ގެ ފަހުން ވޯލްޑް ކަޕް މެޗެއްގައި، އިދިކޮޅު ޓީމުގެ ގޯލަށް ހަމަލައެއް ނުއުފައްދައި ނިމުނު ދެވަނަ މެޗެވެ.

އެންމެ ފަހުން ހަމަލައެއް ނުއުފައްދައި މިގޮތަށް ނިމިފައިވަނީ 1990ގައި ބްރެޒިލް އިން ކޮސްޓަރިކާ އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

މީގެ އިތުރުން މިއީ މިއަހަރުގެ ވޯލްޑްކަޕްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. އަދި މިއީ މުޅި ވޯލްޑް ކަޕްގައިވެސް ސްޕެއިން އެންމެ ބޮޑު ތަފާތަކުން މޮޅުވި މެޗެވެ.

މި ލިއުމާއި ގުޅޭ