Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޝްރަފު އަލީ

ނައިބުވަޒީރުކަމަށް އައްޔަންކުރި އަޝްރަފުކަމަށް ބެލެވޭ މީހަކު ފިރިހެނަކާއެކު ހުރި ބަރަހަނާ ފޮޓޯއެއް އާންމުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނައިބުވަޒީރުގެ މަޤާމަށް އައްޔަންކުރި ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފު އަލީކަމަށް ބެލެވޭ މީހަކު ފިރިހެނަކާއެކު ބަރަހަނާ ހާލުގައި ހުރި ފޮޓޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މި ފޮޓޯ އާންމުކޮށްފައިވަނީ ޓުވިޓާގައި އަލަމްގިރި ނަމުގައި ހިންގާ ވެރިފައިޑް ޓުވިޓަރ އެކައުންޓަކުންނެވެ. "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތަކީ މި ފޮޓޯއަކީ މީގެ އެތައް އަހަރެއް ކުރިން ލީކުވެ ބައެއް މީހުންގެ މެދުގައި ދައުރުވެފައިވާ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯ އާންމުންނާ ހަމައަށް އެއިރު އައިސްފައިނުވެއެވެ.

މިއަދު އަޝްރަފު މަޤާމަށް އައްޔަންކުރި ފަހުން މި ފޮޓޯ އާންމުކޮށްފައިވާއިރު އެ ފޮޓޯއާ ގުޅިގެން އަޝްރަފު ވިދާޅުވެފައިވަނީ އެފަދަ ފޮޓޯއެއް އުޅެގެންނުވާނެ ކަމަށާއި ކުރިންވެސް އަދި މިހާރުވެސް އޭނާއާމެދު އެފަދަ ފޮޓޯއެއް އޮވެގެންނުވާނެ ކަމަށެވެ. އަދި މިއަދު އޭނާ މަޤާމަށް އައްޔަންކުރުމާ ގުޅިގެންވެސް އެ ބާވަތުގެ ޖެއްސުންތައް ކުރިމަތިވާނެކަމަށް އަޝްރަފު ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަ ފޮޓޯއެއް ނުދެކެން. އަޅުގަނޑާމެދު ތިޔަ ފަދަ އެއްޗެއް އެއިރުވެސް މިހާރުވެސް ހުރެގެންނުވާނެ،" އަޝްރަފު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ހިމެނޭހެން ބަންގުލަދޭޝްގެ ޒުވާނަކާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލައެއްގެ ވީޑިއޯތަކެއް އާންމުވެފައިވެއެވެ. އެ މައްސަލާގައި ބައެއް ފަރާތްތަކުގެ މައްޗަށް މިހާރުވަނީ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގަައި ހިމެނޭ ޤާނޫނީ ވަކީލު ނާޒިމް ސައްތާރާއި ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާން ރާފިއުގެ މައްޗަށް ކޯޓުން ހުކުމްތަކެއް އިއްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ