Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

އަންނަ އަހަރުން ފެށިގެން 50 ހާސް ރުފިޔާއިން މަތީގެ ޗެކްތައް ބަލައިގަތުން ހުއްޓާލަނީ

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕްރޮސެސްކުރާނީ 50،000 ރުފިޔާއާއި ހަމަޔަށް ދޫކޮށްފައިވާ ޗެކްތައް އެކަނި ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް ނިންމާފައިވަނީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ސްޓްރެޓަޖީގެ ދަށުން 1 އޭޕްރިލްއިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަންޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ކަނޑައަޅާފައިވާތީ އެވެ.

އެހެންކަމުން އޭޕްރީލްގެ ފަހުން ޕްރޮސެސް ކުރާނީ 50،000ރ އާއި 3،000 ޑޮލަރާއި ހަމައަށް ދޫކޮށްފައިވާ ޗެކްތައް އެކަނި ކަމަށާއި، މިއަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައިވެއެވެ.

އެންމެ މަތީ އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށް އެބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އަށް ރަޖިސްޓާ ކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އެބޭންކުން ބުނެއެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިން އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭ ޚިދުމަތެއް ކަމުން، ބޭންކިންގ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުން ކުރުމަށް ބީއެމްއެލްއިން ވަނީ އެދިފަ އެވެ.

މި ލިއުމާއި ގުޅޭ