Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓްރީގެ ނައިބުވަޒީރުކަމަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ދިވެހިބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފު އަލީ މިއަދު އައްޔަންކުރައްވައިފިއެވެ.

މިއަދު އަޝްރަފް ހޯމް މިނިސްޓްރީގެ ނައިބުގެ މަޤާމަށް އައްޔަންކޮށްފައިވާއިރު އޭނާ އެންމެ ފަހުން ހުންނެވީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމުގައެވެ. އެ އެކަޑެމީ އުފެއްދި ފަހުން އެ މަޤާމުން ވަކިވެވަޑައިގަތުމާ ހަމައަށް އެ މަޤާމުގައި ހުންނެވީ އަޝްރަފެވެ.

ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ އަޝްރަފަކީ ކުރިން ދަރުމަވަންތަ ސުކޫލުގައި ދިވެހިބަހުގެ ޓީޗަރެއްގެ މަޤާމު ގިނަ އަހަރުތަކަކަށް އަދާކުރެއްވި ބޭފުޅެކެވެ.

އަޝްރަފަށް ނައިބުވަޒީރުކަމުގެ މަޤާމު ހަމަޖައްސަވާފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވާތީ ފިނޭންސް މިނިސްޓްރީންވަނީ އިތުރަށް އައް ވަޒީފާތައް ނުއުފެއްދުމަށް އަންގާފައެވެ. ނަމަވެސް އެ އެންގުމުގެ ފަހުންވެސް ސަރުކާރުންވަނީ ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތައް އުފައްދާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް 452.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މިހާ ބޮޑު ބަޖެޓެއް ހުށަހެޅުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 2021 ވަނަ އަހަރު ސިޔާސީ މުވައްޒަފުންނަށް މުސާޜަ ދިނުމަށް ފާސްކުރީ 407 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ކަމުން މިއަހަރުގެ ބަޖެޓަށް ވަނީ 45 މިލިއަން ރުފިޔާ އިތުރުވެފައެވެ.
މި ލިއުމާއި ގުޅޭ