Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

މޮރޮކޯ އިން ކްރޮއޭޝިއާއާ އެއްވަރުކޮށްފި

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެ މޮރޮކޯ އިން 0-0 އިން އެއްވަރުކޮށްފި އެވެ.

މިއަދުގެ މެޗާ އެކު މިފަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުޖެހި އެއްވަރުވި މެޗުގެ އަދަދު ތިނަކަށް އެރީ އެވެ. މީގެ ކުރިން އެއްވަރުވީ ޑެންމާކާއި ޓިއުނީޝިއާ ވާދަކުރި މެޗާއި ޕޮލެންޑާއި މެކްސިކޯ ވާދަކުރި މެޗެވެ.

ގްރޫޕް އެފްގައި ދެން ހިމެނޭ ބެލްޖިއަމާއި ކެނެޑާ ވާދަކުރާ މެޗު އޮންނާނީ މިރޭ 12 ޖަހާއިރު އެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. މި ހާފުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ ނިކޮލާ ވްލަސިޗް އަށެވެ. ވްލަސިޗް ފޮނުވާލި ހަމަލާ މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ކްރޮއޭޝިއާ އަށް ގޯލު ޖެހޭ ވަރުގެ ހަމަލާއެއް އުފެއްދިފައެއްނުވެ އެވެ. މި ހާފުގައި އެޓީމުގެ ޑެޔަން ލޮވްރެން އަށް ފުރުސަތެއް ލިބި ބޭކާރުވި އެވެ.

މެޗު ފަށައިގެން މޮރޮކޯ އިން ވަނީ ޕްރެސް ކޮށްގެން ކުޅެ ކްރޮއޭޝިއާ އަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު ކްރޮއޭޝިއާ އިން ވަނީ މަޑުމަޑުން ގޭމް ތެރެއަށް ވަދެ މޮރޮކޯގެ ކުޅުން ހުއްޓުވައިފަ އެވެ. އޭގެފަހުން ކްރޮއޭޝިއާ އިން ވަނީ މެދުތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފަ އެވެ.

ވޯލްޑް ކަޕްގައި މިއަދު ހައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ޖަޕާން އެވެ. މިއީ ގްރޫޕް އެފްގެ މެޗެކެވެ. މި ގްރޫޕުގައި ހިމެނޭ ސްޕެއިން އާއި ކޮސްޓަ ރީކާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ