Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

މ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޑިއާ ޓީޗަރަކު ދަރިވަރުންނަށް އަނިޔާކުރަނީ!

މ.އަތޮޅު ތައުލީމީ މަރުކަޒުގެ ފިޒިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސުހިން ވިމާލް ރާޖް އެ ސްކޫލްގެ ދަރިވަރުންތަކަކަށް އަނިޔާ ކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެމުން އެ ސްކޫލުގެ ބެލެނިވެރިއަކު ވިދާޅުވި ގޮތުގައި ސުހިން ވަނީ ކުއްޖެއްގައި ކަރުގައި ހިފުމަށްފަހު އެ ކުއްޖާގެ ބޮލުގައި އަދި ބުރަކަށީގައި ތަޅާފައިކަމަށެވެ. އަދި މިއީ މިކަން ތަކުރާރުކުރި ދެވަނަ ފަހަރު ކަމަށާއި ދަރިވަރުން ތިބެނީ އެ ޓީޗަރު ދެކެ ބިރުން ކަމަށެވެ.

"އެ ކުލާހުގައި ދެން ތިބޭ ދަރިވަރުން ގެއަށްގޮސް މިވާހަކަ ދައްކާފަވެސް އެބަބުނޭ އެ ކުދިންގެ ނަން ނުބުނާށޭ. ބިރުގަނެއޭ" އެ ބެލެނިވެރިޔާ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހަށާއި ޖެންޑަރ މިނިސްޓްރީއަށްވެސް ހުށަހަޅާފައިވާއިރު އެ ޓީޗަރާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އަދި މިއަދުވެސް އޭނާ ސްކޫލަށް ދިޔަ ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ސުހިން ވިމާލް އެ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ އަންހެން ޓީޗަރެއްގެ ގަޔަށް އަތްލައި ފުރައްސާރަ ކުރި މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންހެން ދަރިވަރުން އަތުގައި ހިފަން މަސައްކަތްކުރުން ފަދަ ކަންކަން ވެސް އޭނާ ކުރާ ކަމަށްވެއެވެ. އެހެން ނަމަވެސް އެއްވެސް ފިޔަވަޅެއް އެކަންކަމާއި ގުޅިގެންވެސް ނާޅައެވެ.

މިކަމާއި ގުޅޭގޮތުން މ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އާއި "ދިޔަރެސް" އިން ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

ރާއްޖޭގައި އެކި މަސައްކަތް ކުރާ އިންޑިއާ މީހުންގެ ފަރާތުން މިފަދަ އެތައް ކަމެއް މިހާރު ވަރަށް އާންމުކޮށް ފެނެއެވެ. މިގޮތުން ޖިންސީ ފުރައްސާރަ ކުރުމާއި ކުޑަކުދިންނަށް އަނިޔާ ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އިސްލާމްދީނަށް ފުރައްސާޜަކުރުން ހިމެނެއެވެ. ގިނަފަހަރު މިކަންކަން ކުރާ މީހުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅައި އެމީހުން ރާއްޖެ ދޫކޮށް ދިޔުމުގެ ފުރުސަތު ސަރުކާރުން ދެއެވެ.

މި ލިއުމާއި ގުޅޭ