Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

އަދިވެސް ހެލިކޮޕްޓަރު ދުއްވަން ދިވެހި ސިފައިނަކަށް ނުލިބޭ!

އިންޑިއާ ސިފައިން ރާއްޖޭގައި އޮޕަރޭޓު ކުރަމުންދާ ދެ ހެލިކޮޕްޓަރު ދުއްވަން ދިވެހި ސިފައިން އަރާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވިތާ 2 އަހަރުވީއިރުވެސް ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ދުއްވުމުގެ ފުރުސަތު ނުލިބެއެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ޕައިލޮޓުން ހެލިކޮޕްޓަރު ރޭޓިން ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އާންމުގޮތެއްގައި ޕައިލެޓަކު ހެލިކޮޕްޓަރު ރޭޓިން ހަދަން ނަގަނީ 45 ވަރަކަށް ދުވަހެވެ. އެހެން ނަމަވެސް ތަމްރީނު ހަދަމުންދާ ކަމަށް ޝަމާލު ވިދާޅުވިތާ 2 އަހަރު ވީއިރުވެސް އެ ހެލިކޮޕްޓަރުތައް ދުއްވުމުގައި ހަރަކާތްތެރިވަނީ އިންޑިއާ ސިފައިންނެވެ.

އަދި ދިވެހި ސިފައިން ތަމްރީނު ކުރާކަމަށް ވިދާޅުވި ނަމަވެސް ދިވެހި ސިފައިން ތަމްރީނުވެސް ކޮށްފައިނުވެއެވެ. ރާއްޖޭގެ ދެ ސަރަހައްދެއްގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ހަރަކާތްތެރިވާއިރު އެ ހެލިކޮޕްޓަރުތައް ބެލެހެއްޓުމުގެ ނަމުގައި އެތައް ސަތޭކަ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެއެވެ.

ހެލިކޮޕްޓަރާއި ގުޅޭ އެއްބަސްވުންތައް މިހާރު ލީކުވެފައިވާއިރު އެއްބަސްވުންތައް ބުނާ ގޮތުން އެ ހެލިކޮޕްޓަރުތައް ދުއްވުމުގައި ހަރަކާތްތެރިވާނީ އިންޑިއާ ސިފައިންނެވެ. އަދި އެ ސިފައިންގެ އެންމެ އިސް ކޮމާންޑަރަކީ އެވަގުތަކު ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރެވެ. ދިވެހި ސިފައިންނަށް އެއްވެސް ވަރެއްގެ ކޮންޓްރޯލެއް އެ ހެލިކޮޕްޓަރުތަކަކަށް ނޯވެއެވެ.

އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓު ކުރުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން އާކޮށްދީފައިނުވެއެވެ. އަދި އިންޑިއާ ސިފައިން ހެލިކޮޕްޓަރުތަކާއި އެކު ފޭބުމަށް އޭރުގެ ސަރުކާރުން އެންގިއެވެ. އެހެން ނަމަވެސް އެކިއެކި ބަހަނާތައް ދެއްކުމަށްފަހު ވެރިކަން ބަދަލުވަންދެން އިންޑިއާ ސިފަިއން ރާއްޖޭގައި ތިބީއެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ ކުރެއްވި ރަސްމީ އެއް މަސައްކަތަކީ ހެލިކޮޕްޓަރު އެއްބަސްވުން އާ ކުރުމެވެ.

މި ލިއުމާއި ގުޅޭ