Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިލޭ އެހީ

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި 2.9 ބިލިއަނުން އަދި ލިބުނީ 322 މިލިއަން ރުފިޔާ

މި އަހަރު ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި 2،911.8 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 322.4 މިލިއަން ރުފިޔާއެވެ.

މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2،911 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް އެ އަދަދާ ގާތްކުރާ މިންވަރަކަށްވެސް ހިލޭ އެހީ ނުލިބެއެވެ. އެގޮތުން ހިނގަމުންދާ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރު ލިބޭނެކަމަށް ލަފާކުރި ހިލޭ އެހީން މިހާތަނަށް ލިބިފައިވަނީ އަންދާޒާކުރި މިންވަރުގެ 11 އިންސައްތައެވެ.

ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ ބޮޑު ބައެއް ނުލިބުނު ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް 2.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެއެވެ.

ނަމަވެސް 2020 ވަނަ އަހަރު ނުހިމަނާ ފާއިތުވި ހަ އަހަރުގެ ޓްރެންޑުތަކަށް ބަލާއިރު ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ބެލެވެނީ ގިނަވެގެން 1.7 ބިލިއަން ރުފިޔާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ދައުލަތުގެ ބަޖެޓާ ގުޅިގެން މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައިވެ އެވެ.

ސަރުކާރަށް 4 އަހަރު ފުރުމުން ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ ކަމަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖޭގެ ދައުރު ފުޅާކުރެވި އެކި ޤައުމުތަކާއެކު ބޮޑެތި ގުޅުންތައް ބަދަހިކުރެވުމެވެ.

ނަމަވެސް އެ ގުޅުންތަކުގެ ތެރެއިން ސަރުކާރުން ހޯދާނެކަމަށް ބުނެފައިވާ އެހީތެރިކަން ނުލިބުމަކީ އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސަރުކާރުގެ ނުކުޅެދުންތެރިކަން ފެންނަ ކަމެކެވެ.

މި ލިއުމާއި ގުޅޭ