Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

އާޖެންޓީނާ އަތުން މޮޅުވުމުން މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ސައުދީން ކަނޑައަޅައިފި

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި މިއަދު އާޖެންޓީނާ އަތުން 2-1 ގެ ނަތީޖާ އަކުން ސައުދީން ހޯދި ތާރީޚީ މޮޅު ފާހަގަ ކުރުމަށް މާދަމާ އަކީ އެގައުމުގެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސައުދީ ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް ސައުދީން ބުނެފައިވަނީ ސަލްމާން ރަސްގެފާނުގެ އެންގެވުމުގެ މަތީން، ނޮވެމްބަރު 23 ވާ ބުދަ ދުވަހަކީ އެގައުމުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ސްކޫލު ދަރިވަރުންނަށްވެސް ބަންދު ދުވަހެއް ކަމަށެވެ.

އަދި މި ނިންމެވުމަކީ އާޖެންޓީނާ އަތުން ސައުދީ ހޯދި މޮޅަކީ ބޮޑު އުފާވެރިކަމެއްގެ ގޮތުގައި ފާހަގަކުރުމަށް، ސައުދީގެ ވަލީ އަހުދު އަދި ޕްރައިމް މިނިސްޓަރ ސަލްމާން ބިން މުޙައްމަދު ދެއްވި ލަފަޔާއި އެއްގޮތަށް ނިންމި ނިންމުމެއް ކަމަށް ސައުދީ ގެޒެޓުގައި ބުނެފައިވެއެވެ.

މިއަދު ރާއްޖެ ގަޑިން 15:00 ގައި ކުޅުނު މި މެޗުން ސައުދީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުންނެވެ. އާޖެންޓީނާއިން މި މެޗްގައި 4 ހަތަރު ލަނޑު ޖެހި ނަމަވެސް އޭގެތެރެއިން ތިން ލަނޑު ވީއޭއާރް އިން ނިންމީ އޮފްސައިޑް ގޯލްގެ ގޮތުގައެވެ.

ވޯލްޑް ކަޕްގެ ފޭވަރިޓުންގެ ޓެގްގައި މުބާރާތަށް ނުކުތް ގަދަފަދަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ގޯލުން ސައުދީގެ ޓީމް މާޔޫސް ވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އައު ހިތްވަރެއްލައި ސައުދީން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މިއީ ސައުދީ އަރަބިއާ އަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު އެއް މޮޅެވެ. ވޯލްޑް ކަޕްގެ ތާރީހުގައި މިއީ ސައުދީ މޮޅުވި ހަތަރު ވަނަ މެޗެވެ. 1994 ވަނަ އަހަރު ދެ މެޗުން މޮޅުވިއިރު ތިން ވަނަ މެޗުން މޮޅުވީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގަ އެވެ.

މި ލިއުމާއި ގުޅޭ