Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު

ފެބްރުއަރީ މަހާއި ރަމަޟާން މަހު ޘާބިތު ޙައްޖު އެންޑް އުމްރާ ގުރޫޕުން އުމްރާކުރުމުގެ ފުރުސަތު

އަންނަ ފެބްރުއަރީ މަހާއި ރަމަޟާން މަހުގައި ޘާބިތު ޙައްޖު އެންޑް ޢުމްރާ ގުރޫޕާއެކު އުމްރާއަށް ދިއުމުގެ ފުރުސަތު އެ ގުރޫޕުން ހުޅުވާލައިފިއެވެ.

ފެބްރުއަރީ މަހުގެ ޢުމްރާއަކީ ކުރު ޢުމްރާއެކެވެ. މި ޢުމްރާގެ ދަތުރުގެ ދިގުމިނަކީ 14 ދުވަހެވެ. އެ ޢުމްރާއަށް ޘާބިތުން ކަނޑައަޅާފައިވާ އަގަކީ 26،500 ރުފިޔާއެވެ. އަދި އެ އަގު ބަހާލައިގެން އަދާކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެކަމަށް އެ ގުރޫޕުން ބުނެއެވެ.

މި ދަތުރުގައި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ޢުމްރާ ވިސާއާއި މައްކާއާއި މަދީނާގައި ތިބުމާއި ކެއުމާއި ބުއިން ހަމަޖައްސައިދިނުމުގެ އިތުރަށް، ޢުމްރާއަށް ތައްޔާރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި، މައްކާއާއި މަދީނާއަށް ޒިޔާރާތްކުރުމުގެ ދަތުރެއް ހިމެނެއެވެ.

އެ ޚިދުމަތްތަކުގެ އިތުރަށް އިތުރު ޢުމްރާ ކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމާއި ޠާއިފާއި ޖިއްދާއަށް ދަތުރުކުރުން ހިމެނެއެވެ.

ފެބްރުއަރީ މަހުގެ ޢުމްރާއިން ޖާގަ ކަށަވަރުކުރައްވައި ރަޖިސްޓަރީކުރެއްވުމަށް މިހާރު ދައްކަންޖެހޭނީ 5،000 ރުފިޔާއެވެ.

ފެބްރުއަރީ މަހުގެ ކުރު ޢުމްރާގެ އިތުރަށް އަންނަ ރަމަޟާން މަހުގައި 21 ދުވަހުގެ ޢުމްރާ ދަތުރެއްކުރުމަށް އެ ގުރޫޕުންވަނީ ތައްޔާރުވެފައެވެ. ރަމަޟާން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 6 ވަނަ ދުވަހަށް ކުރާ މި ދަތުރުގައި ގިނަ ޚިދުމަތްތަކެއް އެ ގުރޫޕުން ފޯރުކޮށްދެއެވެ.

އެގޮތުން އެ ގުރޫޕުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ދެ ޢުމްރާކުރުމުގެ ފުރުސަތާއި، ދެކޮޅު ޓިކެޓާއި ޢުމްރާ ވިސާގެ އިތުރަށް، މައްކާއާއި މަދީނާގައި ތިބޭ މުއްދަތުގައި ދިވެހިވަންތަ ދިވެހި ކެއުން ފޯރުކޮށްދޭނެއެވެ.

އަދި ހަރަމްފުޅާ ކައިރިން ހޮޓާ ފޯރުކޮށްދިނުމުގެ އިތުރަށް އެ ދަތުރުގެ ބައިވެރިންނަށް އެ ގުރޫޕުން އިހުރާމު ފޯރުކޮށްދޭނެއެވެ. ހަމައެެހެންމެ އުމްރާކުރުމާ ގުޅޭ ތަމްރީނު ފޯރުކޮށްދޭނެއެވެ. އަދި މައްކާއާއި މަދީނާއަށް ޒިޔާރަތްކުރުމުގެ ދަތުރެއް އޮންނާނެއެވެ.

ހަމައެހެންމެ އިތުރު ޢުމްރާކުރުމުގެ ފުރުސަތު ބޭނުންފުޅުވާ ބޭފުޅުންނަށް ފަހިކޮށްދިނުމާއެކު ޖިއްދާއާއި ޠާއިފަށް ދަތުރެއް އޮންނާނެއެވެ.

މި ޢުމްރާ ދަތުރުގައި ބައިވެރިވާ ގުރޫޕުތަކަށް ޚާއްޞަ ޑިސްކައުންޓުތަކެއް ދިނުމަށް ޘާބިތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ނިންމާފައިވެއެވެ. ރަޖިސްޓަރީކުރައްވައި ޖާގައެއް ކަށަވަރުކުރެއްވުމަށް ދައްކަވަންޖެހޭނީ 5،000 ރުފިޔާއެވެ.

މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާ ބޭފުޅުން 7907074 ނަންބަރަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މި ލިއުމާއި ގުޅޭ