Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އިސްލާމިކް މިނިސްޓްރީ ހިސޯރުކޮށްގެން ތިބީ ކުފުރުގެ ބައެއް: ބޮންޑެ

އިސްލާމިކް މިނިސްޓްރީގައި ތިބީ ބަޣާވާތާއި ކުފުރުގެ ބައެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ކޮމިޓީގެ ބައެއް ބައްދަލުވުންތަކާ ގުޅުވައި ވާހަކަދައްކަވަމުން ބޮންޑެ ވިދާޅުވީ، ދާދި ފަހުން ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން އިސްލާމިކް ޔުނިވާސިޓީގެ ބޭފުޅުން ވިދާޅުވި ގޮތުގައި އެމީހުންގެ އުންމީދަކީ "އިސްލާމުންގެ ރަން ޒަމާނުގައި ހުރިވަރަށް" ޔުނިވާސިޓީ ކުރިއެރުވުމެވެ.
އެކަމަކު އެކަން ނުކުރެވިގެން އުޅެނީ އެފަރާތުން ބުނި ގޮތުގައި މާލީ ދަތިކަން ހުރުމުން ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ ޔުނިވާސިޓީއަށް އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭ ކަމަށް ބޮންޑެ ވިދާޅުވި އެވެ.
"އިސްލާމިކް މިނިސްޓްރީ ހިސާރުކޮށްގެން މިތިބެނީ ބަޣާވާތުގެ ބައެއް، ބޮޑު ބަޣާވާތުގެ ބައެއް، ކުފުރުގެ ބައެއް. ހިސާރުކޮށްގެން މި އިސްލާމިކް ޔުނިވާސިޓީއަށް އެންމެ ލޯ ލާރިއެއްވެސް ނުދޭ،" ބޮންޑެ ވިދާޅުވި އެވެ.
މީގެ ކުރިން މިނިސްޓްރީން އެ ޔުނިވާސިޓީއަށް ފައިސާ ދޭން މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެ ފައިސާވެސް ނުދޭ ކަމަށް އިސްލާމިކް ޔުނިވާސިޓީއާ ހަވާލާދެއްވައި ބޮންޑެ ވިދާޅުވި އެވެ.
"އެއް ކަމަކަށްވެސް ގާނޫނަށް، ގަވާއިދަށް، ކީރިތި ގުރުއާނަކަށް، ވަހީ ބަސްފުޅަކަށް، އެކައްޗަކަށްވެސް އަމަލެއް ނުކުރޭ މިމީހުންނެއް،" މިނިސްޓްރީއަށް އިޝާރާތްކުރައްވައި ބޮންޑެ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ