Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާގެ ފެކްޓަރީއެއްގައި އަލިފާން ރޯވެ 36 މަރު

ޗައިނާގެ ހެނާން ޕްރޮވިންސުގެ ސިޓީއެއް ކަމަށްވާ އަންޔަންގް ސިޓީގެ ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 36 މީހުން މަރުވެއްޖެއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 4 ވަރަކަށް ގަޑި އިރުން ކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. 60 ފަޔަރ ފައިޓަރުންނާއި ކުއްލި ހާލަތުގައި މަސައްކަތް ކުރާ 200 އެއްހާ މުވައްޒަފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވިއެވެ.

އަލިފާން ރޯވެފައިވަނީ އަންޔަންގް ސިޓީގެ "ހައިޓެކް ޒޯން" ގައި ހުންނަ އަމިއްލަ ކުންފުންޏެއްގެ ފެކްޓަރީގައެވެ. އެ ކުންފުނީގެ ތަފްސީލެއް ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ހާމަކޮށްފައިނުވެއެވެ. އެކަމަކު އެ ފެކްޓަރީ އަކީ ބައެއް ކަހަލަ ކެމިކަލްތައް އުފައްދާ ކުންފުންޏެއް ކަމަށް ބައެއް ސައިޓުތަކުގައި ބުނެފައިވެއެވެ.

ޗައިނާގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ. 2019 ވަނަ އަހަރު ޔަންޗެންގް ގައި ކެމިކަލް ފެކްޓަރީއެއްގައި އެއްޗެއް ގޮވައިގެން ހިނގި ހާދިސާގައި 78 މީހުން މަރުވިއެވެ.އަދި އޭގެ ކުރިން 2015 ގައި ޓިއަންޖިންގައި ކެމިކަލް ގުދަނެއްގައި ރޯވެ 165 މީހުން މަރުވިއެވެ.

މި ލިއުމާއި ގުޅޭ