Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ޖާވާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ބިންހެލުމުގައި 14 މީހުން މިހާތަނަށް މަރުވެ އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. 5.6 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު ބޮޑު ސަރަހައްދަކަށް ކުރިއެވެ. މިހާތަނަށް 300 އެއްހާ މީހުންނަށް އަނިޔާވެފައިވާއިރު މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާކުރެވެއެވެ.

ބޮޑެތި އިމާރާތްތައް ބިމާ ހަމަވެފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ. އިންޑޮނޭޝިއާ އޮންނަ ސަރަހައްދަކީ ގިނަގިނައިން ބިންހެލުން އަންނަ ސަރަހައްދެކެވެ.

މިއަހަރު ފެބްރުއަރީގައިވެސް އެ ޤައުމަށް ބާރުގަދަ ބިންހެލުމެއް ކުރިމަތިވިއެވެ. 6.2 މެގްނިޓިއުޑުގެ އެ ބިންހެލުމުގައި 25 މީހުން މަރުވެ 460 އެއްހާ މީހުންނަށް އަނިޔާވިއެވެ.

2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމަށްފަހު އިންޑިއާ ކަނޑަށް ބޮޑު ސުނާމީއެއް އަރައި އެތައް ލައްކަ ބަޔަކު މަރުވިއެވެ.

މި ލިއުމާއި ގުޅޭ