Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިއުމަން ރައިޓްސް ކޮމިޓީ

މިދިޔަ އަހަރު 11 މިލިއަން ހަރަދުކުރި، އޮމްބަޑްސްޕާސަންއަށް ނިންމުނީ 114 މައްސަލަ

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިންމުނީ 114 މައްސަލަ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި މިއަދު ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.
އެގޮތުން އެ އޮފީހުގެ ޕީިއާރު ސެކެޓްރީ އައިޝާ ޝަފީގް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ އޮފީހަށް 11.9 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބުނު އިރު އޭގެ ތެރެއިން 11،841،596 ރ. ވަނީ ހަރަދުވެފަ އެވެ.
އެންމެ ބޮޑު ހަރަދެއް ހިނގީ އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށެވެ. އެމީހުންނަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެ އޮފީހަށް ޖުމްލަ 489 މައްސަލަ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެ އޮފީހުން ބެލުމަށް ނިންމާފައިވަނީ އޭނާ ވިދާޅުވި ގޮތުގައި 455 މައްސަލަ އެވެ.
އައިޝާ ވިދާޅުވީ ނޮވެމްބަރު ހަތެއްގެ ނިޔަަލަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 114 މައްސަލައެއްގެ ތަހުގީގު ނިމިގައިވާ ކަމަށެވެ.
އަދި މިހާތަނަށް ބަލައި ނިމިފައިވާ މައްސަލަތަކުގައި 114 މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށާއި ތިން މައްސަލައެއް ސުލްހަކުރެވިކޮށް ނިންމާފައިވާ ކަމަށެވެ.
ދައުލަތުގެ ފަރާތުން އިންސާފު ނުލިބި ތިބި މީހުންނަށް އިންސާފު ހޯދައިދިނުމަށް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ޑިސެމްބަރު 17، 2020 ގައި އުފެއްދި އެ އޮފީހަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު އަންނަ މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެ އެވެ.
އެކަމަކު އެ އޮފީހުގެ މުއްދަތު ރިޔާސީ ދައުރު ނިމެންދެން ދެމި އޮންނަ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވަނީ ހަމަޖައްސަވާފަ އެވެ.
މި ލިއުމާއި ގުޅޭ