Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

އިސްތަންބޫލަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތުރުކީގެ ހަމަލާތަކެއް ކުރުދީ ހަނގުރާމަވެރިންނަށް

ތުރުކީގެ އިސްތަންބޫލުގައި ބޮމެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ތުރުކީގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.

ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)އަށް ނިސްބަތްވާ ބޭސްތަކާއި އެ ނޫންވެސް އެ ހަރަކާތުގެ ބައެއް އަމާޒުތަކަށް އަމާޒުކޮށް ތުރުކީގެ ހަނގުރާމަމަތީ ޖެޓުތަކުން ވަރުގަދަ ހަމަލާތަކެއް ރޭގައި ދީފައިވެއެވެ. އަދި އެ ޖަމާއަތާ ގުޅިފައިވާ ސޫރިޔާގެ ގޮފިކަމުގައިވާ ޕީޕަލް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖޭ)ގެ އަމާޒުތަކަށްވެސް ތުރުކީން ހަމަލާތައް ދިނެވެ.

ކުރުދީ ހަނގުރާމަވެރިން ބުނެފައިވަނީ ތުރުކީގެ ހަމަލާތަކުގައި ސޫރިޔާގައި 11 އާންމުން މަރުވި ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތު ކައިރިން ބަލަހައްޓާ ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ހަމަލާތަކުގައި 65 މީހުން މަރުވެފައިވާ ކަމަށެވެ.

ތުރުކީން ޕީކޭކޭއާ ދެކޮޅަށް މި ހަމަލާތައް ދޭން ފެށީ އިސްތަންބޫލުގެ ކާރޫބާރޫ ބޮޑު މަގެއްގައި ބޮމެއް ގޮއްވާލައި ގިނަ ބަޔަކު މަރައިލި ހަމަލާއަކީ އެ ޖަމާއަތުން ދިން ހަމަލާއެއްކަމަށް ތުރުކީން ބުނިތާ ހަފުތާއެއްހައި ދުވަސްފަހުންނެވެ. ތުރުކީން މި ހަމަލާ ދިން ސަބަބެއްކަމަށް އެ ޤައުމުގެ ދިފާއީ ވުޒާރާއިން ބުނީ އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގުގެ ބޭނުންކުރުމެވެ.

އެ ވުޒާރާއިން ބުނީ މި ހަމަލާތަކުގައި 89 އަމާޒެއް ސުންނާފަތިކޮށްފައިވާ ކަމަށެވެ. އެ ތަންތަނުގެ ތެރޭގައި ހިޔާތަކާއި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ހަރަކާތްތެރިވުން ހުއްޓުވައިލެވުނު މީހުންގެ ތެރޭގައި ޕީކޭކޭގެ އިސް ބައެއް މެންބަރުން ހިމެނޭކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

އިސްތަންބޫލަށް ދިން ބޮމުގެ ހަމަލާއަކީ އެ ޖަމާއަތާ ގުޅުން އޮތް ހަމަލާއެއް ނޫންކަމަށް ޔޫރަޕާއި އެމެރިކާއިން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބަލާ ޕީކޭކޭއިން ބުނެފައިވެއެވެ. މި ޖަމާއަތަކީ 10 އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ ހަނގުރާމައެއް ތުރުކީއާ ދެކޮޅަށް ކުރަމުން އަންނަ ޖަމާއަތެކެވެ.

ހޮނިހިރުދުވަހު ތުރުކީގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ފެށުމާއެކު އެ ޤައުމުގެ ޚާރިޖީވަޒީރު މެވްލުޓް ކަވުސްޣުލޫ ވިދާޅުވީ މިއީ ކަންކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭ ވަގުތެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ