ފީފާ ވޯލްޑް ކަޕް ޤަތަރު 2022ގެ ކުލަގަދަ ފުޓުބޯޅަ މުބާރާތް މީޑިއާނެޓްގެ މޯބައިލް އެޕްލިކޭޝަން "އެމް. އެސް. ޑިޖިޓަލް" އިން ބަލާލެވޭނެއެވެ. ވޯލްޑް ކަޕަށް ޚާއްސަ ކޮށްގެން މީޑިއާނެޓްގެ މޯބައިލް އެޕްލިކޭޝަންގައި ތައާރަފުކޮށްފައިވާ "ވޯލްޑް ކަޕް ކޮމްބޯ" ޕެކޭޖަށް ސަބްސްކްރައިބް ކުރަށްވައިގެން އެންމެ 150 ރުފިޔާއަށް ވޯލްޑްކަޕް ގެ ހުރިހާ މެޗެއް އައިސް ޕްލަސް ޗެނަލުން ފެނިގެންދާނެއެވެ.
ވޯލްޑް ކަޕްގެ މެޗްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތަކާއި އޮރިޖިނަލް ކޮންޓެންޓް އެމް. އެސް. ޑިޖިޓަލް އެޕް މެދުވެރިކޮށް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ.
މީޑިއާނެޓުން އަބަދުވެސް މަސައްކަތްކުރަނީ އެންމެ ފަހުގެ މުނިފޫހި ފިލުވުމާއި ބޭރުގެ އެންމެ މަޝްހޫރު ކުޅިވަރުގެ ކޮންޓެންޓް ދިވެހިންނަށް ގެނެސްދީ ދިވެހިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ ފުރިހަމަކުރުމަށެވެ.
މީޑިއާނެޓަކީ ދިވެހިރާއްޖޭގައި ވޯލްޑް ކަޕްގެ ލައިސެންސްޑް ބްރޯޑްކާސްޓަރެވެ.